މޫސުން ގޯސްވާނެތީ، ސަރުކާރުން ތައްޔާރީ ހާލަތަށް އަތުވެއްޖެ

ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު --

ބަރަކާތްތެރި ރަމަޟާން މަހާ ދިމާވާ ގޮތަށް ކުރިއަށް އޮތް ދެތިން ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެތީ، ސަރުކާރުގެ ކަމާބެހޭ މުއައްސަސާ ތަކުން ތައްޔާރީ ހާލަތަށް އަތުވެއްޖެ އެވެ.

ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭ ވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަ ކޮށްފައިވުމާކު، ރައްޔިތުންނަށް ދިމާވެދާނެ ތަކުލީފުތައް ކުޑަ ކުރުމަށް ޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާ ތަކުން މިހާރު ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި މޫސުން ގޯސްވުމުގެ ސަބަބުން މުލަ ރޯދަ ދުވަހަށް ތައްޔާރު ވުމުގައި ވީހާވެސް ލުއި ފަސޭހަ ގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމް ކުރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީން ވެސް ސަރުކާރުގެ ފަރާތުން ހީނާ ދެއްވި އެވެ. އިތުރު މައުލޫމާތު ހާމައެއް ނުކުރައްވަ އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށްފައިވާ ގޮތުގައި އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ އެވެ. އަދި މެދު ރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅު ތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވައި ގަދަވާނެ އެވެ.

މިހާރު ކުރަމުން މި އަންނަ ވިއްސާރަ، އަލިވާން ފަށާނެ ކަމަށް މެޓުން ލަފާ ކުރަނީ އަންނަ ހޯމަ ދުވަހުގެ ފަހުންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

21 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy