އިހަވަންދޫ ސިއްހީ މަރުކަޒުގައި ޑައިލަސިސްގެ ހިދުމަތް ފައްޓައިފި

މެޑަމް ސާޖިދާ އިހަވަންދޫއަށް ޒިޔާރަތް ކުރެއްވުން --

ހއ. އިހަވަންދޫގައި ހުންނަ އާމިނާދިޔޯ ސިއްހީ މަރުކަޒުގައި ޑައިލިސިސް ހިދުމަތް ދޭން ފަށައިފި އެވެ.

މިކަމަށް ޓަކައި މިއަދު ހަވީރު އިހަވަންދޫ ސުކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން  މެޑަމް ސާޖިދާ މުޙައްމަދެވެ.

މިއަދުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ދެއްކެވި ވާހަކަފުޅުގައި، ޑައިލިސިސްގެ ހިދުމަތް އަމިއްލަ ރަށުގައި ތިބެގެން ލިބޭނެ މަގު ފަހިވެގެން ދިއުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.

އެގޮތުން އެ ކަމަނާ ވަނީ ރައީސް ޑރ. މުއިއްޒު، ވަރަށް ހާއްސަކަމެއް ދެއްވައިގެން އެ މަނިކުފާނުގެ އިސްނެންގެވުމާއެކު ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ޑައިލިސިސްގެ ހިދުމަތް ދެވޭ މަރުކަޒުތައް އިތުރު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަ ކުރައްވާފައިވެ އެވެ.

އެ ކަމަނާގެ މި ދަތުރުފުޅުގައި، އާމިނާދިޔޯ ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރައްވައި، އެ މަރުކަޒުގައި ޑައިލިސިސް ހިދުމަތް ދިނުމަށް ކުރެވިފައިވާ އިންތިޒާމުތައް ބައްލަވާލައްވައި، އެތަނުގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯއްދަވާފައިވެ އެވެ.

މި ހިދުމަތް ފައްޓަވައިދެއްވުމާއެކު އެއް ބޭފުޅަކު މިއަދު ވަނީ ޑައިލިސިސްގެ ހިދުމަތް އެ މަރުކަޒުން ހޯއްދަވާފަ އެވެ.

އެ ރަށުގައި ޑައިލިސިސްގެ ފަރުވާ ބޭނުންވާ ޖުމުލަ ހަ މީހަކު ދިރިއުޅެ އެވެ. ސިއްހީ މަރުކަޒުގެ ނަރުހުންނާއެކު މި ހިދުމަތް މިއަދު ފެށިއިރު، އެ މަރުކަޒުގައި މިއަދު ވަނީ ފިޒީޝަނެއްގެ ހިދުމަތް ވެސް ދޭން ފައްޓާފަ އެވެ.

އިހަވަންދޫގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަށް ޓަކައި ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެ ރަށުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމު ކުރުމަކީ ހަފްތާ 14 ގައި ހިމެނޭ ރައީސް މުއިއްޒުގެ ވައުދު ތަކުގެ ތެރެއިން ވައުދެކެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

11 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy