ރައީސް ޒަކާތު ހައުސް އިފްތިތާހުކޮށްދެއްވުން -- މިހާރު ފޮޓޯ
ޒަކާތު ހައުސް އުފެއްދުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއް އެވެ.
މީރާގެ ވާރުޕޭ މެދުވެރިކޮށް ހެޔޮކަން ކަމަށް ހޭދަ ކުރުމުގެ ފުރުސަތު ހުޅުވައިލުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ޒަކާތު ހައުސް އުފައްދައި ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ރައީސްގެ އިރުޝާދުގެ ދަށުން ކުރި މަސައްކަތް ތަކުގެ ނަތީޖާ މިހާރު ފެންނާން ފަށާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ޒަކާތަށް ހޭލުންތެރި ކުރުމަށް ކުރަމުން އަންނަ މަސައްކަތް ތަކުގެ ދަށުން މިދިޔަ އަހަރަކީ ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރު ކަމަށާއި މި ކަމުގައި އެންމެ ބޮޑު އެހީތެރި ކަމެއް ލިބުނީ މީރާގައި ޒަކާތުގެ މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި ޒަކާތު ހައުސުން ކުރިއަށް ގެންދާ އެކި ތަމުރީން ޕްރޮގުރާމް ތަކާއި ތަޖުރިބާ ދަތުރު ތަކުގައި ވެސް މީރާގެ ޒަކާތާއި ގުޅޭ މުވައްޒަފުން ބައިވެރި ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ދިވެހި ރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ ވަކި ހާއްސަ އިދާރާއެއް ގާއިމު ކުރީ، ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރީންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑު ތަރައްގީ ކުރުމުގެ ބޭނުމުގަ އެވެ.
ޒަކާތާ ބެހޭ ވަކި މުއައްސަސާއެއް އުފެއްދުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް