ނޭޝަނަލް މެންޓަލް ހެލްތު ސްޓެރެޓީޖިކް އެކްޝަން ޕްލޭން މެޑަމް ސާޖިދާ އިފުތިތާހުކޮށްދެއްވައިފި

ނޭޝަނަލް މެންޓަލް ހެލްތް ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފުތިތާހު ކުރުން --

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، 2025 އިން 2029 އަށް ކަނޑައަޅާފައިވާ ފަސް އަހަރު ދުވަހުގެ ނެޝަނަލް މެންޓަލް ހެލްތު ސްޓެރެޓީޖިކް އެކްޝަން ޕްލޭން  އިފުތިތާހުކޮށް ދެއްވައިފި އެވެ.

އެކަމަނާ މި ޕްލޭން އިފުތިތާހުކޮށްދެއްވީ މިރޭ މިނިސްޓްރީ އޮފް ހެލްތުގައި މިކަމަށް ޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މިރޭ ތައާރަފު ކުރި އެކްޝަން ޕްލޭންގައި ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ނަފުސާނީ ސިއްހަތުގެ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ ކަންތައް ތަކެއް ހިމަނާފައިވެ އެވެ.

މިއީ ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް ހަރުދަނާ ކުރުމާއި، ފަރުވާގެ ކަންކަން ފުޅާ ކުރުމުގެ އިތުރުން، ނަފުސާނީ ދުޅަހެޔޮކަން ކުރި އެރުވުމާއެކު ރާއްޖޭގެ ނަފުސާނީ އިއްހަތުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަގުސަދުގައި އިފުތިތާހު ކުރި ޕްލޭނެކެވެ.

މިގޮތުން މި ޕްލޭން އެކުލަވައިލާފައިވާ ކަންކަމުގެ ތެރޭގައި ޕްރައިމަރީ ހެލްތު ކެއާގެ ތެރެއިން ނަފުސާނީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާ ކުރުމާއި، ނަފުސާނީ ސިއްހަތަށް ހޭލުންތެރިކަން އިތުރުކޮށް އެ ކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސިޔާސަތު ތަކާއި، ސްޓޭންޑާޑް ތަކާއި، ގައިޑްލައިންތައް އެކުލަވައިލުމާއި، ސިއްހީ ހިދުމަތްތެރީންގެ ހުނަރު އިތުރު ކުރުމާއި، ނަފުސާނީ ބަލި ތަކާމެދު އޮންނަ ނޭދެވޭ ވިސްނުން ނައްތައިލުމަށް ކުރާން ޖެހޭ މަސައްކަތްތައް ހިމެނެ އެވެ.

މީގެ އިތުރުން މި ޕްލޭންގައި އެކި އުމުރު ފުރާގެ މީހުންނަށް، ހާއްސަކޮށް ކުޑަކުދީންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އެކިއެކި ނާޒުކު ހާލަތް ތަކުގައި ތިބޭ މީހުންގެ ނަފްސާނީ ސިއްހަތަށް އަހަންމިއްޔަތު ކަން ދިނުމަށް އިސްކަން ދީފައިވެ އެވެ.

ހަމައެއާއިއެކު ދުޅަހެޔޮ މުޖުތަމައުއެއް ބިނާ ކުރުމަށް އެ މުޖުތަމައު އަކީ، ނަފުސާނީ ގޮތުން ބާރުވެރި އަދި ގާބިލު ބަޔަކު ދިރިއުޅޭ މުޖުތަމައު އަކަށް ހެދުމަށް ކަމާއި ގުޅުންހުރި ހުރިހާ ފަރާތް ތަކެއް އެކުގައި މަސައްކަތް ކުރުމަށް ވެސް މި ޕްލޭން ބާރު އަޅަ އެވެ.

ރާއްޖޭގައި ނަފުސާނީ ސިއްހަތު ކުރި އެރުވުމަކީ މި ސަރުކާރުން، ހާއްސަކޮށް ރައީސްގެ އެންމެ އަހަންމިއްޔަތުކަން ދެއްވާ ސިޔާސަތު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

22 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy