ބަންގި މުބާރާތުގެ ފަހުރުވެރި އެއްވަނަ ސުލައިމާނަށް

ނޫރުލް އަޛާން މުބާރާތުން އެއްވަނަ ސުލައިމް މުހައްމަދު ލަތީފަށް ޓްރޮފީ ހަވާލުކުރުން —

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މުޅިން އަލަށް ބާއްވަން ފެށި ނޫރުލް އަޛާން ބަންގި މުބާރާތުގެ ފަހުރުވެރި އެއްވަނަ ސުލައިމް މުޙައްމަދު ލަތީފް ހާސިލު ކޮށްފި އެވެ.

މި މުބާރާތުގެ ފައިނަލް ރައުންޑް ބާއްވާފައި ވަނީ މިރެ އެވެ. މި ރައުންޑުގައި ހަ ބައިވެރިއަކު ވާދަކުރި އިރު، ބައިވެރީންނަށް ހަވާލު ކުރި މަސައްކަތަކީ ހިޖާޒް ރާގަށް ބަންގިއާއި ގަމަތް ދިނުމެވެ.

މުބާރާތުގެ އެއްވަނަ ހާސިލު ކުރި ސުލައިމާނަށް ޓްރޮފީ އާއި ހަނދާނީ ލިޔުމުގެ އިތުރުން ހާއްސަ އިނާމު ތަކެއްގެ ގޮތުގައި 75 އިންޗީގެ ޓީވީ އަކާއި، ދިގުފަރު އައިލެންޑް ރިޒޯޓުގެ ސްޓޭ އަކާއި، އެސްޓީއޯގެ ހާއްސަ އިނާމެއް ވެސް ވަނީ ދީފަ އެވެ.

މި އިނާމުތައް ހަވާލު ކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެވެ.

މި މުބާރާތުގެ ދެވަނަ ހާސިލު ކުރީ ހަމްޒާ ބިން ހަސަން އެވެ. އަދި ތިން ވަނަ ހާސިލު ކޮށްފައި ވަނީ މުޙައްމަދު ހަނޫން ހުސައިން އެވެ. ހަތަރު ވަނަ ހަނީޒް ހަނީފްއަށް ލިބުނުއިރު ފަސް ވަނަ ލިބިފައި ވަނީ އިސްމާއީލް އިފްރާހު އިބްރާހިމް އަލީ އަށެވެ. ހަ ވަނަ ލިބިފައި ވަނީ މާތިއު އަޙްމަދު ނާޒިމް އަށެވެ. މި ހުރިހާ ބައިވެރީންނަށް ވެސް ވަނީ ޓްރޮފީ އާއި ހަނދާނީ ލިޔުމާއި ހާއްސަ އިނާމު ތަކެއް ދީފަ އެވެ.

މި މުބާރާތުގެ މަގުސަދަކީ ރީތި ރާގު ތަކަށް ސައްހަ މަގުން ހުނަރުވެރި ކަމާއެކު ބަންގި ދޭ ޒުވާނުން ތަކެއް އުފެއްދުމާއި ޒުވާނުންނާއި ކުދިބޮޑު އެންމެންގެ ހިތް ތަކުގައި އެކަމަށް ޝައުގުވެރިކަން އުފެއްދުމާއި ގައުމުގެ އިސްލާމީ ޝަހުސިއްޔަތު ވަރުގަދަ ކުރުމާއި ރީތިކޮށް ބަންގި ދޭ ޒުވާނުންގެ ޕޫލެއް އެކުލަވާލުމާއި މި ފަންނުގެ ރޫހު އާލާކުރުމާއި ދިރުވުމާއި ކުރިއެރުވުމެވެ.

އޭގެ އިތުރުން މިއީ ދާއިރާ އެއްގެ ގޮތުގައި ފާހަގަކޮށް މި ދާއިރާގައި އުޅޭ ފަރާތްތަކުގެ އަގު ވަޒަން ކުރުމާއި މާލެ އާއި މުޅި ރާއްޖޭގެ މުސްތަގުބަލުގެ އިސްލާމީ ޝަހުސިއްޔަތު ވަރުގަދަ ކުރުމަކީ ވެސް މަގުސަދުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މި މުބާރާތުން ވަނަ ތަކަށް އަންނަ ބައިވެރީންނަށް އިނާމު ދިނުމަށް ނިންމާފައިވާއިރު، 1446 ވަނަ އަހަރުގެ ރޯދަ މަހު މާލޭގެ ބޮޑެތި މިސްކިތް ތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުސަތު ދިނުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

52 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy