ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ -- ޓީޖޭއެމް ފޮޓޯ
މިދިޔަ އަހަރުގެ ރޯދަމެހެކޭ އެއްގޮތަށް މި އަހަރުގެ ރޯދަމަހުގައި ވެސް މަދުވަގެން 10 ޕެސެންޓުގެ ޑިސްކައުންޓް ދޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
މި ރޯދަމަހު ވެސް، ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓު ދޭނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާން ކުރެއްވީ ދ. އަތޮޅަށް މި ފަހުން ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ނިންމެވުމަށް އިޖާބަ ދިނުމުގެ ގޮތުން ސްޓެލްކޯއިން އަމަލު ކުރާނެ ގޮތުގެ މައުލޫމާތު ދިނުމަށް މިއަދު ވަނީ ނޫސްވެރީންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.
އެ ކުންފުނިން ބުނީ ކުރިއަށް އޮތް ރޯދަ މަހުގެ ކަރަންޓު ބިލުގެ ގޮތުގައި ވަކި ބިލެއް ތައްޔާރު ކުރާނެ ކަމަށެވެ. އަދި ރޯދަ މަހުގެ ބިލުން ޑިސްކައުންޓް ދޭނީ ފާއިތުވީ ނުވަ މަހުގެ އެވްރެޖް ބިލާއި ރޯދަ މަހުގެ ބިލުގެ ފަރަގަށް ބަލާފައި ކަމަށާއި އެ ގޮތުން ކޮންމެ ބިލަކަށް ވެސް މިދިޔަ އަހަރެކޭ އެއްގޮތަށް ދިހަ ޕަސަންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށެވެ.
ސްޓެލްކޯއިން ބުނީ ރޯދަ މަހުން ފަށައިގެން ރީޑިން ނަގާނީ މަހުގެ ފަހުކޮޅު ކަމަށާއި އެ ގޮތަށް ނިންމީ މުސާރަ ލިބޭ ދުވަސްވަރު ބިލު ދައްކަން ފަސޭހަ ވާނެތީ ކަމަށެވެ. އަދި އޭރުން ރީޑިން ނަގައި ދުވަހާ ޖެހިގެން އަންނަ ދުވަހުގައި ކަރަންޓު ބިލު ފޮނުވޭނެ ކަމަށް ވެސް ބުންޏެވެ.
މާލޭ ސަރަހައްދުގެ ގޭ ބިސީތަކުގެ ރީޑިން ނެގުން، އެއް ދުވަސް ތެރޭގައި ނިންމާލުމަށް ސްޓެލްކޯއިން އަމާޒު ހިފާފައިވާއިރު، އެ ކުންފުނީގެ 350 މުވައްޒަފުން މާދަމާ ނިކުމެ، އެ މަސައްކަތުގައި ހަރަކާތްތެރިވާނެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް