މަސްވެރި އުޅަނދުތައް އިޔާދަކުރަނިވި ހަކަތައިން އޮޕަރޭޓް ކުރުމަކީ އަމާޒެއް: ވަޒީރު

--

މަސްވެރިކަމުގައ ބޭނުން ކުރާ އުޅަނދުތަކަކީ އިޔާދަ ކުރަނިވި ހަކަތައިން އޮޕަރޭޓް ކުރާ އުޅަނދުތަކަކަށް ހެދުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޑަކުދިން ވައިފުޅި އަޅައިގެން ފީނުން ތަޖުރިބާ ކުރުމަށް ވިލިމާލޭގައި ކުރިއަތް ގެންދިޔަ ހަރަކާތުގައި ވާހަކަ ދައްކަމުންނެއެވެ. މި ހަރަކާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމްއާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ބައިވެރިވެފައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ރާއްޖޭގެ 99 އިންސަތަ އަކީ ކަޑުގެ ސަރަހައްދުކަމަށްވާއިރު، އަޅުގަނޑުމެންގެ މި ކުޑަ ޤައުމަކީ ކަނޑަށް ބަރޯސާވާ މިންވަރު ބޮޑު ގައުމެއްކަމަށެވެ.

" ޑިސްކަވަރ ޑައިވް"ގެ ނަމުގައި ކުރިއަތް ގެންދިޔަ ހަރަކާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމްނިއުސް

ވަޒީރު ވިދާޅުވީ ކަނޑުން ހޯދާ ނަފާ އިތުރުކުރުމައްޓަކާ ވަރަށް ގިނަ މަސައްކައްތަކެއް ކުރަން ޖެހޭކަމަށެވެ. އެގޮތުން ކަނޑުން އެނަފާ ހޯދުމަށް ކުރަމުންދާ މަސައްކަތަކީވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މަސައްކަތަކަށް ހެދުމަކީ މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގަައި ހަރަކާތްތެރިވާ މަސްވެރި އުޅަނދުތަކަކީ އިޔާދަކުރަނިވި ހަކަތައާއެކު އޮޕަރޭޓް ކުރެވޭ އުޅަނދުތަކަކަަށް ހެދުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށެވެ.

"އަޅުގަނޑުމެން ކަނޑު ރޯދިން ހޯދަމުންދާ ނަފާ އިތުރުކުރުމަށް ގިނަ މަސައްކަތެއް ކުރަން އެބަޖެހޭ. އަޅުގަނޑުމެން ކަނޑު ރޯދިން މި ހޯދާ ނަފާ ހޯދަމުން މި ކުރަމުންދާ މަސައްކަތަކީވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މަސައްކަތަކަށް ހަދަން ޖެހޭ މި ކަންވެސް މެންޑޭޓްގައި ހިމެނޭ. އިތުރަށް އަޅުގަނޑުމެންގެ ވިސްނުމުގައި އެބަހުރި އަޅުގަނޑުމެން މަސްވެރިކަމުގައި ހަރަކާތްތެރިވާއިރު ހާއްސަކޮށް މަސް ޕްރޮސެސް ކުރާ މަސްވެރިކަން ކުރާ އުޅަނދުތަކަކީ އިޔާދަ ކުރަނިވި ހަކަތަޔާއެކީގައި އޮޕަރޭޓް ކުރެވޭ އުޅަނދު ފަހަރަށް މިދެންނެވޭހެން ޕޮރޮސެސިން ފެސިލިޓީއަށް ހެދުމަކީވެސް ވަރަށް ބޮޑު އަމާޒެއް" ޝިޔާމް ވިދާޅުވިއެވެ.

މި ހަރަކާތުގައި ވާހަކަ ދައްކަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އިތުރަށް ވިދާޅުވީ ފަރުދީ ހައިސިއްޔަތުން ކޮންމެ މީހެއްވެސް ފަރުތަކާއި ވެށި ހިމާޔަތް ކުރަން މަސައްކަތް ކުރަން ޖެހޭކަމަށެވެ. ކޮންމެ ކުއްޖެއްވެސް ފަރުތަކާއި ކަނޑުގެ ދިރުންތަކުގެ އިތުރުން ވެށި ހިމާޔަތް ކުރަން އަޒުމް ކަނޑައަޅަން ޖެހޭކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ފަރުތަކާއި ވެށި ހިމާޔަތްކޮށް އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަކީ ކޮންމެ ކުއްޖެއްގެވެސް ޒިންމާއެއްކަމަށެވެ.

---

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

10 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy