ރައްޔިތުންގެ ސަލާމަތަށް ނުރައްކަލެއް ވެދާނެ ކަމަކަށް މި ސަރުކާރުން ޖާގަ ނުދޭނެ

ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް -- ފޮޓޯ/ ޓީއެމްޖޭ

ރައްޔިތުންގެ ސަލާމަތަށް ނުރައްކަލެއް ވެދާނެ ކަމަކަށް މި ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިރޭ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަކީ ގާނޫނާ ހިލާފު، ރައްޔިތުންގެ ސަލާމަތަށް ނުރައްކާ ވާނެ އެއްވެސް ކަމަކަށް ޖާގަ ދޭނެ ސަރުކާރެއް ނޫން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒުގެ ތަސައްވުރުގެ ތެރެއިން ޖުމުލަ ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ މައްސަލަ އާއި، މަސްތުވާ ތަކެތީގެ މައްސަލަ އާއި އަދި މިނޫން ވެސް ގާނޫނާ ގަވާއިދާ ހިލާފަށް ހިންގައި ކުށުގެ އަމަލުތައް ހުއްޓުވުމަށް ހޯމް މިނިސްޓަރު އަލީ އިހުސާންގެ ބެއްލެވުމުގެ ދަށުން ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ.

އަދި މި މަސައްކަތްތައް މީގެ ކުރީން ނުހިނގާހާ ބާރު މިނުގައި، ކާމިޔާބު ކަމާއެކު ހިނގަމުން އަންނަ ކަމަށް ދިވެހި ރައްޔިތުން ހެކިވާނެ ކަމަށާއި މަދު ސިޔާސީ ބަޔަކު އިސްވެތިބެ، މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމަށް ދެއްކުމަށް މަސައްކަތް ކުރަނީ ރައީސް މުއިއްޒުގެ ތަސައްވުރަށް ހުރަސް އަޅައި، ގައުމުގެ ހަމަޖެހުން ނަގާލުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަކީ ގާނޫނާ ހިލާފު، ރައްޔިތުންގެ ސަލާމަތަށް ނުރައްކާ ވާނެ އެއްވެސް ކަމަކަށް ޖާގަ ދޭނެ ސަރުކާރެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ 11 މެންބަރުންގެ ސޮޔާއެކު، ހުށަހެޅި އެ މައްސަލައިގައި އިހުސާންގެ މައްޗަށް ކޮށްފައިވާ ތުހުމަތު ތަކަށް އެމަނިކުފާނު މިއަދު ވަނީ މަޖިލީހުގައި ޖަވާބު ދެއްވާފަ އެވެ.

މިއަދުގެ ޖަލްސާއަށް ހާޒިރުވި 75 މެންބަރުންގެ ތެރެއިން އިހުސާންގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ 11 މެންބަރުންނެވެ. އިތުބާރު އޮތް ކަމަށް ވޯޓު ދެއްވީ 64 މެންބަރުންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy