ރައީސް . މީދޫއަށް ވަޑައިގަތުން --
ދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލެ ވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ އެ އަތޮޅު ކުޑަހުވަދޫ، މާއެނބޫދޫ، ބަނޑިދޫ، މީދޫ، ރިނބުދޫ އަދި ހުޅުދެއްޔަށް ވަޑައިގެން، ރަށު ކައުންސިލް ތަކާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ތަކާއި، މުވައްސަސާ ތަކުގެ ވެރީން އަދި ރައްޔިތުންނާ ބައްދަލު ކުރައްވައި، ކަންބޮޑުވުންތައް އަޑު އައްސަވާފަ އެވެ. އަދި ރައްޔިތުން އެދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން، މުހިންމު ނިންމެވުން ތަކެއް ނިންމަވައި އިއުލާން ކުރައްވާފައި ވެސް ވެއެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ވަނީ ގިނަ ރަށް ތަކެއްގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވާފަ އެވެ.
މިއާއެކު ތ. އަތޮޅު ވެފައި މިވަނީ، ވަކި ރަށްތަކުގެ މައްޗަށް އެކުލެވިފައިވާ އެއް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމު ކުރި ފުރަތަމަ އަތޮޅަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި ވަނީ، މި އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވެފައިވާ ފަދައިން، މަސައްކަތް ފެށުމަށް ފަހު ހުއްޓިފައި ހުރި ހުރިހާ މަޝްރޫއެއް، ފެބްރުއަރީ މަހާއި މާޗު މަހު، އަލުން ފައްޓާނޭ ކަމަށް ވިދާޅުވާ ވިދާޅުވުން، ތަކުރާރު ކުރައްވާފަ އެވެ.
ރަމަޟާން މަހަށް ދަތުރުތައް މެދުކަނޑާލެއްވުމަށްފަހު، އަނެއްކާވެސް ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތައް ފައްޓަވާނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް