އެމްޑަބްލިޔުއެސްސީން ހިންގި ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ފެށުން --
އެބްޑަބްލިޔުއެސްސީ މުވައްޒަފުންގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް، މޯލްޑިވިއަން ބްލަޑް ސާވިސްއާ ގުޅުވައިގެން ހިންގައިފި އެވެ.
އެބްޑަބްލިޔުއެސްސީގެ ކަސްޓަމާ ސާވިސް އިމާރާތުގައި އިއްޔެ ކުރިއަށް ގެންދިޔަ އެ ހަރަކާތް ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުޙައްމަދު އާއި ޗެއާޕާސަން ޝަމްހޫޒާ އަހުމަދު އެވެ.
އެ ހަރަކާތުގައި އެމްޑަބްލިޔުއެސްސީ ސީނިއާ މެނޭޖްމަންޓާ ގިނަ އަދަދެއްގެ މުވައްޒަފުންނާއި މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން ކައުންސިލުގެ މުވައްޒަފުން ބައިވެރިވި އެވެ.
ފެން ކުންފުނިން ބުނިގޮތުގައި ލޭ ހަދިޔާ ކުރުމުގެ މި ހަރަކާތަކީ ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ގައުމީ ލޭ ހަދިޔާ ކުރުމުގެ ކެމްޕޭންގެ ދަށުން ހިންގި ހަރަކާތެކެވެ.
މި ހަރަކާތަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތަކަށްވުމުން، މި ހަރަކާތުގެ އެންމެ މުހިންމު މަގުސަދަކީ މޯލްޑިވިއަން ބްލަޑް ސާވިސްއަށް ރޯދަމަހާ ދިމާކޮށް ލޭ ލިބުމުގައި ކުރިމަތިވާ ދަތިކަމަށް އެހީތެރިކަން ފޯރުވައިދިނުމާއި ބޭނުންވާ ލޭގެ އެހީ އެ ކުންފުނީގެ ފަރާތުން ފޯރުކޮށްދިނުން ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުނެފައިވެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް