ރައީސް ހުޅުދެލީ ރައްޔިތުންނާ ބައްދަލުކުރެއްވުން --
ލަސްވެގެން މިއަހަރުގެ ޖުލައި މަހު، ދ. ހުޅުދެލީ ފަޅުތެރެއިން ހިއްކެން އޮތް އެންމެ ބޮޑު މިނެއްގައި ބިންހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހުޅުދެލީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަފުޅުގަ އެވެ.
ރައީސްގެ ވާހަފުޅުގައި ވަނީ، ބިންހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނީ ބިން ހިމާޔަތްކޮށްދިނުމުގެ މަސައްކަތް ވެސް ހިމެނޭ ގޮތަށް ކަމަށާއި، ޖުލައި މަހު އަމަލީ މަސައްކަތް ފެއްޓުމަށްފަހު އެ މަސައްކަތް ހުއްޓާލާނީ، ބާރު ދުވެލީގައި ގެންގޮސް މަސައްކަތް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ވިދާޅުވެފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި މަސްވެރި ކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން އެ މަނިކުފާނު ވަނީ، މި އަހަރުގެ ތިންވަނަ ކުއާޓާ ތެރޭގައި ހުޅުދެލީގައި އައިސްޕްލާންޓް ގައިމު ކުރުމުގެ މަސައްކަތް ފައްޓާނޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ސްޕޯޓްސް ފިޝިން އަށް ބޭނުންވާ ބޮއި ގާއިމު ކުރާ ރަށް ތަކުގެ ތެރޭގައި ހުޅުދެލި ވެސް ހިމަނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް