----
އަލްއަޤްޞާ މިސްކިތް، މިނިވަންކުރުމަށްޓަކައި މަސައްކަތްކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއްކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫއަކީ "ފަލަސްޠީނާ މެދު، އިސްލާމީ އުންމަތުގެ މަސްއޫލިއްޔަތު" އެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ މިއަދު އިސްލާމީ އުންމަތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިވެމުންދަނީ ފަލަސްޠީނުގެ އަޑުކަމަށެވެ. އަދި ފަލަސްޠީނަކީ ޝާމްކަރައިގެ ބައެއްކަމަށާއި އެއީ އިސްލާމީ ހިދާޔަތާއި ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ދަޢުވަތާއި އެބޭކަލުންނަށް ބާވައިލެއްވި ފޮތްތަކާއި ގުޅިފައިވާ ފަސްގަނޑުކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ. މީގެއިތުރުން އެއީ އިސްލާމީ އުންމަތުގެ ޢިއްޒަތާއި ކަރާމަތާ ގުޅިފައިވާ މުހިންމު ފަސްގަނޑެއްކަމަށްވެސް ޙުތުބާގައި ވިދާޅުވިއެވެ.
ޙުތުބާގައި ވިދާޅުވީ ފަލަސްޠީނާއި ބައިތުލްމަޤްދިސާއި އަލްމަސްޖިދުލްއަޤްޞާގެ ވާހަކަ ދެކެވޭއިރު، އިސްރާއާއި މިޢުރާޖުގެ މަތިވެރި މުޢުޖިޒާތުގެ ވާހަކަ ކޮންމެ މުސްލިމެއްވެސް ހަނދާން އާކޮށްލުން މުހިންމުކަމަށެވެ. އެގޮތުން އިސްރާއާއި މިޢުރާޖުގެ މުޢުޖިޒާތަކީ، ކީރިތި ރަސޫލާގެ ނުބުއްވަތުގެ ތެދުކަން ކަށަވަރުކުރެއްވުމަށާއި، އިތުރު އެކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން ދެއްވުމަށްޓަކައި މާތް اﷲ އިތުރު އެކަލޭގެފާނަށް ދެއްވި ވަރަށް މަތިވެރި މުޢުޖިޒާތެއްކަމަށްވެސް ޙުތުބާގައި ވިދާޅުވިއެވެ.
"މި އާޔަތުން ދޭހަކޮށްދެނީ އަލްމަސްޖިދުލްޙަރާމާއި އަލްމަސްޖިދުލްއަޤްޞާއާ ދެމެދުގައި އޮތީ، ދުނިޔެ ދެމިއޮތްހައި ހިނދަކު ނިމުމެެއް ނުވާ ވަރުގަދަ ގުޅުމެއްކަމެވެ. އަދި އަލްއަޤްޞާ ވަށައިގެންވަނީ ބަރަކާތްލެއްވިގެންވާ ތަންތަންކަމެވެ. އަލްއަޤްޞާ މިސްކިތަކީ ބިންމަތީގައި މާތް اﷲއަށް އަޅުކަންކުރުމަށް ޓަކައި ބިނާކުރެވުނު ދެވަނަ ގެކޮޅެވެ. އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލަ ވެސް މެއެވެ. އަލްއަޤްޞާ މިސްކިތް، ޞަހްޔޫނީ އިސްތިޢުމާރުގެ ދަށަށް ދިޔަކަމީ މިއުންމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތާމަ" ހުތުބާގައި ވިދާޅުވިއެވެ.
ހުތުބާގައި ވިދާޅުވީ އަލްއަޤްޞާ މިސްކިތް، މިނިވަންކުރުމަށްޓަކައި މަސައްކަތްކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއްކަމަށެވެ. އަދި ޣައްޒާއާއި ރަފަޙާއި ފަލަސްޠީނުގެ އެނޫންވެސް އަވަށްތަކުގައި ޞަހްޔޫނީން ހިންގަމުންގެންދާ ޢުދުވާނީ ޢަމަލުތަކަކީ ފަލަސްޠީނުގެ ނަސްލު ނައްތައިލުމަށް ޓަކަށް ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކެއްކަންވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
ޙުތުބާގައި ވިދާޅުވީ ކޮންމެ މުސްލިމެއްގެ ހައިސިއްޔަތުންވެސް ފަލަސްޠީނުގެ ރައްޔިތުންނާމެދު އަދާކުރަންޖެހޭ އަޚްލާޤީ ވާޖިބުތަކެއް ވާކަމަށެވެ. އެގޮތުން ފަލަސްޠީނުގެ ދިފާޢުގައި އަޑުއުފުލުމާއި، ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ހެޔޮ ދުޢާކުރުމާއި، އިންސާނީގޮތުން އެހީތެރިވުމަށް އަޅުގަނޑުމެން އެންމެން އަތުގުޅައިލައި މަސައްކަތް ކުރަން ޖެހޭކަންވެސް ހުތުބާގައި ވިދާޅުވިއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް