ގައިދީންނާ އާއިލާތަކަށް ބޭއްވި ހަފްލާގެ ތެރެއިން
ހުޅުމާލޭ ޖަލުގެ ގައިދީންނާއި އާއިލާތަކަށް ހާއްސަ ހަފްލާއެއް ބާއްވައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ ކުރިއަށް އޮތް ރޯދަމަހާ ގުޅުވައިގެން ބޭއްވި މި ހަފްލާގައި ގައިދީންނާއި އާއިލާ ތަކުން ވަނީ އެކުގައި އަގުހުރި ވަގުތު ހޭދަކޮށް، އަދި މި ފުރުސަތު ލިބުމުން އުފާ ފާޅުކޮށްފައިވާ ކަމަށެވެ.
ކަރެކްޝުން ބުނީ މިއީ ގައިދީންގެ ރިހެބިލިޓޭޝަނަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން ހުޅުމާލޭ ޖަލުން އިސްނަގައިގެން ހިންގި ހަރަކާތެއް ކަމަށާއި މި ހަރަކާތުގެ ކާމިޔާބީއަށް ބަލައި، މިފަދަ އިތުރު ހަރަކާތްތައް މުސްތަގުބަލުގައި ހިންގުމަށް އެ ޖަލުން ރާވާފައިވާ ކަމަށެވެ.
މި ހަފްލާގައި ސީޕީ ހަސަން ޒަރީރު ވިދާޅުވީ ޖަލުގައި ބަންދުކުރެވިފައިވާ ގައިދީންނަށް ގާނޫނާއި ގަވާއިދުގެ ތެރެއިން އެ ފަރާތް ތަކަށް ދެވެން އޮންނަ ލުއިތައް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ގޮތުން އެ ފަރާތް ތަކާއި އާއިލާތަކާ އޮންނަ ގުޅުން ބަދަހި ކުރުމަށް ވެސް ބާރުއަޅުއްވާ ކަމަށެވެ.
އަދި ގައިދީން ރިހެބިލިޓޭޓް ކުރުމަށް ކަރެކްޝަނުން ކިޔަވައިދޭ އެއްޗެއްސާއި ނަގާދޭ ފިލާވަޅުތަކާއެކު، އާއިލާއިން ގައިދީންނާ ބައްދަލުކޮށް، ގުޅުން ބަދަހިކުރުން މުހިއްމުކަމަށް ވެސް ވިދާޅުވި އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް