ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ދެމަސްތެރޭ ރެޖިސްޓްރީ ހަވާލު ކުރާނަން: ރައީސް

ރައީސް ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ --

ގުޅީފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ހިއްކި ސަރަހައްދުން ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ރަޖިސްޓްރީ ހަވާލު ކުރާނެ ކަމުގެ ޔަގީން ކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފި އެވެ.

އެ މަނިކުފާނު މި ޔަގީންކަން ދެއްވީ މީދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ގުޅިފަޅުން ގޯތި ލިބުނު އެތައް ހާސް ރައްޔިތުން ތިބިކަން ފާހަގަ ކުރައްވާފަ އެވެ.

އެގޮތުން ހިއްކާފައިވާ ސަރަހައްދުންނާއި ނުހިއްކާ ސަރަހައްދުން ވެސް ކުރީ ސަރުކާރުން ގޯތި ދިންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ސަރުކާރުން މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ.

"ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށްފިން. އިރާދަކުރެއްވިއްޔާ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބިފައިވާ ހުރިހާ ރައްޔިތުންނަށް ވެސް މިހާރު ހިކިފައި އޮތް ބިމުން ގޯތި ހަމަޖެހިގެންދާނެ. އެހެންވީމަ ކުރިއަށް އޮތް ދުވަސް ތަކުގައ ހިއްކާފައި އޮތް ސަރަހައްދުގައި ދިރިއުޅުމަށް ބޭނުންވާ ހުރިހާ ވަސީލަތް ތަކެއް ފުރިހަމަވެގެންދާނެ". ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނެސްފައި ވާނީ ހޮސްޕިޓަލާއި އެނޫން ވެސް ވަސީލަތްތައް ގާއިމު ކުރާ ގޮތަށް ކަމަށެވެ.

ގޯތި ލިބުނު ހުރިހާ ފަރާތް ތަކަށް ރެޖިސްޓްރީ ހަވާލު ކުރާއިރު، ރަޖިސްޓްރީ ނުދެވޭނީ ބުރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ ސަރަހައްދުން ގޯތި ލިބުނު ރައްޔިތުންނަށް އެކަނި ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ގުޅީފަޅަކީ ބޯހިޔާވަހި ކަމަށް ގޯތި ދޫކޮށްފައިވާ ރަށެކެވެ. އެގޮތުން ގުޅިފަޅުން ހަތް ސައިޒެއްގެ ޖުމުލަ 3520 ގޯތި ކުރީ ސަރުކާރުން ދޫކުރި އެވެ.

ގުޅިފަޅުގެ ކުރީގެ ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް އަލުން އެކުލަވާލި ލޭންޑް ޔޫސް ޕްލޭންގައި ބިމުގެ 21 އިންސައްތަ ކަނޑައަޅާފައި ވަނީ ޕާކު ތަކަށާއި ގްރީން ސްޕޭސް ތަކަށެވެ. އަދި ސުކޫލުތައް ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދު ތަކުން 10 މިނެޓުން ހިނގާފައި ދެވޭވަރުގެ ދުރުމިނެއްގަ އެވެ.

މީހުން ދިރިއުޅޭ ސަރަހައްދު ތަކާއި މިސްކިތްތަކާ ދެމެދު ހުންނަނީ ފަސް މިނެޓުން ހިނގާފައި ދެވޭވަރުގެ ދުރުމިނެކެވެ. މިލޭންޑް ޔޫސް ޕްލޭންގައި މުޅި ގުޅީފަޅުގައި ވެހިކަލް ޕާކު ކުރުމަށް 70،000 ޕާކިން ސަރަހައްދު ކަނޑައަޅާފައިވެ އެވެ.

ރައީސް ވިދާޅުވީ ގިރާވަރު ފަޅުވެސް ހިއްކުމުގެ މަސައްކަތުގައި ކުރީ ސަރުކާރުން އޮތީ ސަރުކާރަށް ގެއްލުން ވާނެ އެއްބަސްވުމެއް އެކުލަވާލާފައި ކަމަށެވެ. އެކަން ކަމާބެހޭ އިދާރާއިން ކެންސަލްކޮށް އެ މަސައްކަތާ ސަރުކާރުން ހަވާލުވެ، ހިއްކައި ނިންމައި ގޯތި ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން އުތުރު ތިލަފަޅުން ގޯތި ނުވަތަ ހައުސިން މަޝްރޫއަށް 150 ހެކްޓަރުގެ ބިން މި އަހަރު ހިއްކަން ފަށައި އަންނަ އަހަރު ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއީ މާލެއާއި މާލޭގެ ރައްޔިތުންނަށް ގޯތީގެ މައްސަލަ ހައްލު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

59 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy