ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭ މަސްދަޅު ކޭސް ގުދަނުގައި -- މިހާރު ފޮޓޯ
ރަމަޟާން މަހުގެ އިނާޔަތެއްގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީ އަކަށް ހަދިޔާ ކުރާ މަސްދަޅު ކޭސްތަކުން މާލޭ ސަރަހައްދުން މިހާތަނަށް 15،000 ކޭސް ފޯރުކޮށްދެވިއްޖެ ކަމަށް ލޯކަލް ގަވަރުމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މިހާރު ހަމަޖައްސައިދެވިފައިވާ އިންތިޒާމު ތަކާ އެކު ވަރަށް ފަސޭހަ ގޮތެއްގައި ކުރިއަށްދާ ކަމަށެވެ. އަދި ރޯދަމަހުގެ ކުރީން މިއޮތް ދުވަސް ތަކުގައި، މުޖުތަމައުގައި ހާއްސަ އެހީތެރިކަން ބޭނުންވާ އާއިލާ ތަކަށް އިތުރަށް ފަސޭހަކޮށްދިނުމަށް ސަމާލުކަން ދީގެން ކުރިޔަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ހުރިހާ ގޭބިސީ އަކަށް ލިބެންދެން ކުރިޔަށްދާނެ ކަމުގެ ޔަގީންކަން އަރުވަން، ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ގޭބިސީ ތަކަށް ދޭ މަސްދަޅު ކޭސް ބަހަން ފެށީ މި ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ރޭ 20:00 ގައެވެ.
އެރޭ މަސްދަޅު ކޭސް ބަލައި ދިޔަ މީހުންގެ ކިޔު ދިގުވެގެން، ގިނައިރު ތިބެން ޖެހުމުން، އެ ކަމަށް ހައްލު ގެނައުމަށް ހޮނިހިރު ދުވަހު ވަނީ ޓޯކަން ނަމްބަރެއް ދޫކުރާން ހަމަޖައްސައި، އެ ނަމްބަރު ނެގުމަށް ސްކޭން ކޯޑެއް ތައާރަފު ކޮށްފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް