ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާން ހުޅުވާލައިފި

2024: ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާ ކުރަނީ --

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އެ އިދާރާއިން ކުރި އިއުލާންގައި ބުނެފައިވާ ގޮތުން، ފުރުސަތު ހުޅުވާލާފައި ވަނީ ސަޕޯޓް އޮފިސާ (ފޮރެންސިކް އެނަލިސްޓް) ގެ ތިން މަގާމެވެ.

މި މަގާމަށް ވަންނަން ބޭނުންވާ މީހުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަ ކުރުމަށްފަހު އަންނަ މާޗު މަހުގެ 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިން އަދި އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަން ތަކުގެ ރިސެޕްޝަނަށް ހުށަހަޅާން ޖެހޭނެ އެވެ.

އެ މަގާމުގެ މުސާރައަށް މަހަކު 7،000 ރުފިޔާ ލިބޭއިރު، ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 2،700 ރުފިޔާ ލިބޭނެ އެވެ.

އިތުރު އިނާޔަތް ތަކުގެ ތެރޭގައި ބޭސްފަރުވާ އާއި ނޮން ޕްރެކްޓިސް އެލަވަންސަށް 2،450 ރުފިޔާ، (އަސާސީ މުސާރައިގެ %35) ލިބޭނެ އެވެ. އިތުރު ގަޑީގެ ގޮތުގައި މަހަކު 4،200 ރުފިޔާ، (އަސާސީ މުސާރައިގެ %60) އަދި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސަށް 1،050 ރުފިޔާ ލިބޭނެ އެވެ. އެއީ އަސާސީ މުސާރައިގެ 15 ޕަސެންޓެވެ.

މި ވަޒީފާގެ ޝަރުތު ތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، މަލްޓިމީޑިއާ އާއި ގުޅުން ހުރި ދާއިރާ އަކުން ރާއްޖޭގެ ގައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވަލް ހަތެއްގެ ސަނަދެއް ހާސިލް ކޮށްފައި ވުމާއި މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކު ކަމުގައި ވާންޖެހެ އެވެ.

އަދި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ހީލަތް، މަސްތުވާ ތެކެތި ބޭނުން ކުރުން، ނުވަތަ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުން، އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ ފަރާތަކަށް ވެގެން ނުވާނެ އެވެ.

އޭގެ އިތުރުން ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި، މަސްތުވާ އެއްޗަކުން ސަލާމަތް ވާން، ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން ވެސް ޝަތުރު ތަކުގެ ތެރޭގައި ހިމެނެ އެވެ.

މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައް ތަކުގެ ތެރޭގައި މަގާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާ އަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތް ތަކަށް އިސްކަން ދޭނެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

23 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy