ރޯދަމަހު ވިޔަފާރި މުދާ އުފުލޭނެ ވަގުތު ކަނޑައަޅައިފި

ލޮރީއަކުން މުދާ އުފުލަނީ -- އަވަސް ފޮޓޯ

ކުރިއަށް އޮތް ރޯދަ މަހު މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލޭނެ ވަގުތުތައް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިން ކަނޑައަޅައިފި އެވެ.

ޓްރާންޕޯޓު މިނިސްޓްރީން މިއަދު ވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފަށައިގެން 19 ވަނަ ދުވަހާ ހަމައަށް އަދި ޝައްވާލް މަހުގެ ހަތް ވަނަ ދުވަހުގެ ނިލަށް ގްރޭޓާ މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައަޅައި ގެޒެޓްކޮށްފަ އެވެ.

އެ ގޮތުން ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދު ތަކުގައި މުދާ އުފުލޭނެ ގަޑި ތަކަކީ، ހެނދުނު 9:30 އިން 4:30 އަށް އަދި ރޭގަނޑު 8:00 އިން 6:00 އަށެވެ.

ރޯދަ މަހުގެ 20 ވަނަ ދުވަހުން ފަށައިގެން މުދާ އުފުލޭނެ ގަޑިތަކަކީ، ހެނދުނު 6:00 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00އަށެވެ.

ހަވީރު 4:30 އިން ފަށައިގެން 8:00އާ ދެމެދު މުދާ އުފުލުން މަނާ ވާނެ އެވެ.

މި އެންގުމާއި ހިލާފުވާ ފަރާތްތައް 750 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

15 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy