ރައީސް މާއެނބޫދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ސަރުކާރުން މަޝްރޫއުތައް ހިންގުމަށް ރާވާފައި ވަނީ އެންމެ ހަރަދު ކުޑަކޮށް، އެންމެ ރަނގަޅަށް ކަން ކުރެވޭ ގޮތަށް ކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ދ. މާއެނބޫދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވާހަކަފުޅުގައި، އީއައިއޭ ފާސްވުމާއެކު މާއެނބޫދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށާއި އެއާއެކު އެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް، ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް، 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ރައްޔިތުން ބޭނުންވި ގޮތަށް އޭގެ ތެރެއިން ދެ ހެކްޓަރު ވަކިން، ވަކި ރަށެއްގެ ގޮތުގައި ހިއްކައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ މާއެނބޫދޫ ސިއްހީ މަރުކަޒަށް ބޭނުންވާ ޖާގަ އާއި ވަސީލަތް ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އޭގެ އިތުރުން ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރުމަށް ޓަކައި، ހުއްޓިފައި ހުރި މަޝްރޫއުތައް، ނުވަތަ ރަނގަޅަށް ނުހިނގާ މަޝްރޫއު ތަކުގެ މަސައްކަތްތައް ފެށިގެންދާއިރު، މާއެނބޫދޫގެ ފުޓުބޯޅަ ދަންޑަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވައި، އެ ރަށު ވޮލީކޯޓާއި ފިޓްނަސް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ނިންމަވައި ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް މުއިއްޒު ދެއްވި އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް