މި ރޯދަމަހު ވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދޭނަން: ރައީސް

ރައީސް ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން --

މި އަހަރުގެ ރަމަޟާން މަހުވެސް ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކަންކަން އޮޅުވާލައި ރައްޔިތުންގެ މެދުގައި ނުތަވަސްކަން އުފެއްދުމަށް ބައެއް ފަރާތްތަކުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރަމުން އަންނަކަން ފާހަގަ ކުރައްވައި ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގަތީ އެ ޒާތުގެ ފިތުނައިން ސަލާމަތްވެރި ތިބުމަށެވެ.

"މިސާލެއްގެ ގޮތުން ދަންނަވަނީ ނަމަ މި ފަހަރު ރަމަޟާންމަހު އަޅުގަނޑުމެން ނިންމީ މަސްދަޅު ކޭސް ބަހަން. އެކަން އިއުލާންކޮށް އެ ގޮތުގައި ފަށައިގަތީ. ފުރަތަމަ ކޮން ވާހަކައެއްތޯ ދެކެވުނީ، މަސްދަޅު ކޭހުން ވަކި ވަރެއް މަދުކޮށްފައޭ ދެނީ. އެކަން ހަގީގަތަކަށް ނުވެ އެ ދޮގު ފަޅާ އަރައިފި، ދެން މަސްދަޅުގެ މަތިގަނޑު ހުރީ ފަސޭހައިން ނެއްޓޭ ގޮތަކަށް ނޫނޭ، އެއީވެސް ދޮގެއްކަން ރައްޔިތުންނަށް އެނގިއްޖެ، ދެން މަސްދަޅުކޭސްތައް ބެހުމުގައި ފުރަތަމަ ދަތިތަކެއް ދިމާވި، އެކަމުގައިވެސް ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފައްދަން މަސައްކަތް ކުރީ. އެކަންވެސް މިހާރު އެ އޮތީ ހައްލުވެފަ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮންމެ ގޭބިސީއަކަށް ބަހާ މަސްދަޅު ކޭހުގެ ހަރަދު ފޫބައްދަން ކަރަންޓާއި ފެން ބިލު ސަރުކާރުން ބޮޑުކުރާނެ ކަމަށް ބުނެ ވާހަކަ ދައްކާ ކަމަށާއި ނަމަވެސް އެއީވެސް ދޮގެއް ކަމަށެވެ.

"މިހާރު މި ދައްކާ ވާހަކައަކީ ރައްޔިތުންނަށް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދީގެން ސަރުކާރުން މި ކުރި ހަރަދު ފޫބައްދަންވެގެން މި ފަހަރު ރަމަޟާންމަހު ފެން ބިލާއި ކަރަންޓު ބިލުންނޭ އެބައި އަތުލާނީ، މި ބިރު މިހާރު އުފައްދަނީ،"

ދޮގު ހެދުމާއި، ގީބަ ބުނުމާއި، ނެތިމޮށުމާއި، މީހުންގެ އަބުރަށް އަރައިގަތުން ފަދަ ވިހަ އާދަތައް މި އިސްލާމީ މުޖުތަމައުގައި ފެތުރިފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ ކުރިއަށް އޮތް ރޯދަ މަހު، އަމިއްލަ ނަފުސުތައް މިކަމުން ތާހިރު ކުރުމަށް އަޒުމު ކަނޑައެޅުމަށް އިސްތިމާސް ކުރައްވާފަ އެވެ.

ތިމާ ވާން ޖެހޭނީ ތިމާއަށް އިވޭ ވާހަކަތައް ކަނުލައި އަޑުއަހައި، އެ ކަމުގެ ތެދު ދޮގު ބަލާ މީހަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

44 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy