ރައީސް ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ދޮގު ހެދުމާއި، ގީބަ ބުނުމާއި، ނެތިމޮށުމާއި، މީހުންގެ އަބުރަށް އަރައިގަތުން ފަދަ ވިހަ އާދަތައް މި އިސްލާމީ މުޖުތަމައުގައި ފެތުރިފައިވާ ކަމަށާއި ކުރިއަށް އޮތް ރޯދަ މަހު، އަމިއްލަ ނަފުސުތައް މިކަމުން ތާހިރު ކުރުމަށް އަޒުމު ކަނޑައެޅުމާއެކު ހުރިހާ މަންސައެއްގައި ވެސް ދޫ ރައްކާތެރި ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
އެ މަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުޑަހުވަދޫގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންނަށް ޓަކައި ކުރަމުން އަންނަ މަސައްކަތްތަކާ ގުޅުވައިގެން ބައެއް ފަރާތް ތަކުން ފަތުރާ ދޮގު ވާހަކަ ތަކަށް އިޝާރާތް ކުރައްވަމުންނެވެ.
މިރޭގެ ޖަލްސާގައި އެ މަނިކުފާނު ވަނީ ދޮގު ހަބަރު ފެތުރުމުގެ ނުބައިކަމާއި، ދޮގު ހަބަރު ރައްދު ވެއްޖެ މީހާގެ އަމަލުތައް ބަހައްޓަންވީ ގޮތާމެދު، ކީރިތި ގުރުއާނާއި ހަދީސްފުޅުން ހެކި ދައްކަވައި ވާހަކަފުޅު ދައްކަވާފަ އެވެ.
މީހަކު ދައްކާހާ ވާހަކައެއް ބަލައިލުމެއް ނެތި ގާބޫލު ކުރުމާމެދު އިސްލާމް ދީން އަންގަވާ ގޮތަށް އިޝާރާތް ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، ތިމާ ވާން ޖެހޭނީ ތިމާއަށް އިވޭ ވާހަކަތައް ކަނުލައި އަޑުއަހައި، އެ ކަމުގެ ތެދު ދޮގު ބަލާ މީހަކަށް ކަމުގަ އެވެ.
ސަރުކާރުން ރައްޔިތުންނަށް މަސްދަޅު ކޭސް ބަހަން ފެއްޓެވުމާ ގުޅިގެން ފަތުރާ އަޑުތަކަށް އިޝާރަތް ކުރައްވައި އެ މަނިކުފާނު ވަނީ، ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް، ކަރަންޓުބިލާއި ފެންބިލުން ރަމަޟާންމަހު ޑިސްކައުންޓް ދެއްވާނޭ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މުސްލިމުން އުޅެންވާގޮތް، ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވާކަން ހަނދާންކޮށްދެއްވަމުން އެ މަނިކުފާނު ވަނީ، ދޮގުހެދުމާއި، ގީބަ ބުނުމާއި، ނެތިމޮށުމާއި، މީހުންގެ އަބުރަށް އަރައި ގަތުން ފަދަ ވިހަ އާދަތައް މި އިސްލާމީ މުޖުތަމައުގައި ފެތުރިފައިވާކަން ފާހަގަ ކުރައްވާފަ އެވެ.
ގައުމީ ތަރައްގީއަކީ، ފިކުރީ ތަރައްގީ އާއި ހިތާއި ސިކުނޑީގެ އަދި ނަފުސުގެ ތަރައްގީ ކަމުގައި، އެ މަނިކުފާނު ވިދާޅުވާ ވިދާޅުވުން، މިރޭގެ ޖަލްސާގައިވެސް ވަނީ ތަކުރާރު ކުރައްވާފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް