ރައީސް މުއިއްޒު މިއަދު ކުޑަހުވަދޫއަށް ވަޑައިގަތުން --
ރައީސް ޑރ. މުޙައްމަދު މުއިއްޒު ދ. ކުޑަހުވަދޫއަށް ކުރައްވާ ދަތުރުފުޅަކީ ރަށުގެ ވަރަށް ގިނަ ރައްޔިތުންގެ ދުވަސްވީ އުންމީދުތަކެއްގައި ހަގީގީ ކުލަޖެހިގެންދާ ދަތުރުފުޅެއް ކަމުގައި އެރަށު ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން މިހެން ބުނީ ރައީސް ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫއަށް ވަޑައިގެން އެ ރަށުގެ ކައުންސިލާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމީޓީއާ އަދި ކުޑަހުވަދޫގެ ބައެއް މުއައްސަސާ ތަކުގެ ވެރީންނާއެކު މިއަދު ހަވީރު ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ.
މި ދަތުރުފުޅަކީ މި ހިނގާ ރިޔާސީ ދައުރުގައި ރައީސް ކުޑަހުވަދޫއަށް ކުރައްވާ ތިން ވަނަ ދަތުރުފުޅުކަން ފާހަގަކޮށް މި ބައްދަލު ކުރެއްވުމުގައި ކައުންސިލުން ވަނީ ގައުމު ތަރައްގީ ކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތު ތަކަށް ތާއީދު ކުރައްވާ ކަން ފާހަގަ ކުރައްވާފަ އެވެ.
އަދި މި ދަތުރުފުޅުގެ ތެރެއިން ފެށިގެންދާ މަޝްރޫއު ތަކަކީ ނުހުއްޓި ކުރިއަށްދާނެ މަޝްރޫއުތަކެއް ކަމުގައި ހައްދަވައިދެއްވުމަށް ކައުންސިލުން އެދިލެއްވި އެވެ.
މީގެ އިތުރުން ކައުންސިލުން ވަނީ ކުޑަހުވަދޫގައި އިންޑަސްޓްރިއަލް އޭރިއާއެއް ހަދައިދިނުމަށާއި، މަސް ފެކްޓްރީއެއް ބޭނުންވާ ކަމަށާއި، ރަށް ގިރުމުގެ މައްސަލަ އަށް ހައްލެއް ބޭނުންވާ ކަމުގައި ފާހަގަ ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ޑަބްލިޔުޑީސީގެ މެންބަރުން ވަނީ ސަރުކާރުން އަންހެނުންގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތައް ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފަ އެވެ.
މީގެ އިތުރުން އާބަން ސެންޓަރުގެ ގޮތުގައި ކަނޑައަޅައި ރަށްތަކަށް ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައިވާ ކަންކަން ކުރިއަށް ގެންދަވާނެ ކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް