----
ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް, ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަން ކުރިން ކުރެއްވި އަޙްމަދު ނިހާން އައްޔަން ކުރައްވައިފިއެވެ
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ އެ އިދާރާގެ ބިއުރޯ ޗީފަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވަނީ އައްޔަނުކުރައްވާފައިވާ ކަމަށެވެ.
މަޖިލީހުން ބުނީ ނިހާން އިއްޔެ ވަޒީފާއަށް ނިކުންނަވަން ވެސް ފައްޓަވާފައިވާ ކަމަށެވެ.
ނިހާން އައްޔަނުކުރައްވާފައިވަނީ ޕާލަމެންޓަރީ ސަރވިސް ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް އެހީތެރިވުމުގެ ގޮތުންނެވެ.
ނިހާންގެ ކުރިން ބިއުރޯ ޗީފަކަށް ހުންނެވީ ފާތިމަތު މުޙައްމަދު ސޯލިހްއެވެ.
ނިހާން ވަނީ ދެ ދައުރެއްގައި ވިލިމާލެ ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކަށް ހުންނެވީ ނިހާނެވެ. ފަހުން 19 ވަނަ މަޖިލީހަށް ނިހާން ވާދަ ކުރެއްވީ އޭނާގެ އުފަންރަށް ގދ. ތިނަދޫގެ ދާއިރާއަކަށެވެ. އެ އިންތިޚާބުން އޭނާއަށްވީ ނާކާމިޔާބީއެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ނުވުމާއެކު ދެން ނިހާން ފެނިގެން ދިޔައީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވިތަނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް