ކުޅުދުއްފުށީ ސިހުރު އޮޕަރޭޝަން: 10 ގެއެއް ފާސްކޮށް ސިހުރު ހަދާ ސާމާނު ހޯދައިފި

ކުޅުދުއްފުށި ސިޓީ --

ކުޅުދުއްފުށީ ސިޓީގައި ސިހުރުގެ މައްސަލަ ބޮޑުވެގެން، ފުލުހުން ހިންގި އޮޕަރޭޝަންގައި ގެތަކެއް ބަލައި ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނެފައިވަނީ ކުޅުދުއްފުށީ ސިޓީ ޕޮލިހުން މިއަދު ކުރިއަށް ގެންދިޔަ ސިހުރު އޮޕްރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން 10 ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މީގެ ތެރެއިން އަށް ގެއަކުން ސިހުރު ހާހޫރަ ހަދަން ބޭނުން ކުރާ ޒާތުގެ ލިޔެކިއުމާއި، ފޮތާ އަދި ސިހުރު ހަދަން ބޭނުން ކުރާ އެކި ކަހަލަ އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ގެތަކުން ނެގި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.

ކުޅުދުއްފުއްޓަކީ މީގެ އެތައް އަހަރެއް ކުރިން ފަށައިގެން ވެސް ސިހުރުގެ މައްސަލަތައް ދޭތެރެދޭތެރެއިން ފަޅާއަރާ ރަށެކެވެ.

އެގޮތުން 2018 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަން ވައްޓާލައި އިދިކޮޅު އެމްޑީޕީއަށް ވެރިކަން ހޯދައިދޭން ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ވެސް ކުޅުދުއްފުށިން ބަޔަކު ހައްޔަރުކުރި އެވެ.

އަދި އެކަމުގައި އެފަހަރު ކުޅުދުއްފުށީ ކައުންސިލްގެ އިސް ދެ މުވައްޒަފަކު ވެސް ބައިވެރިވެފައިވާތީ ހައްޔަރު ކުރި އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

23 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy