ލޯކަލް ގަވަރުމެންޓް މިނިސްޓަރު އާދަމް ޝަރީފް -- ދިޔަރެސް ފޮޓޯ
މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކޮށް، ރަށްރަށުގެ ރައްޔިތުންގެ އިގުތިސާދީ ހާލަތު ކުރިއެރުވުމަށް ޓަކައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވައިފައިވާ ސިޔާސަތުގެ ދަށުން ތިން ކައުންސިލަކަށް ހަތަރު ފަޅު ރަށް ހަވާލުކޮށްފައިވާ ކަމަށް ލޯކަލްގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ތިން ކައުންސިލަކުން ހުށައެޅި ޕްރޮޕޯސަލް ވަޒަން ކުރުމަށް ފަހު ރ. އިނގުރައިދޫ، ދ. އަތޮޅު ކައުންސިލް އަދި ލ. މާވަށު ކައުންސިލަށް ފަޅު ރަށް ހަވާލުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ފަސް ކައުންސިލަކުން ހަތް ރަށް ހޯދުމަށް މިހާރު ހުށައަޅައިފައިވާ ކަމުގައި އެމަނިކުފާނު ޝަރީފު ވަނީ ވިދާޅުވެފަ އެވެ.
އެ ގޮތުން ހދ. އަތޮޅު ކައުންސިލުން ހދ. ފަރިދޫ، ރ. ދުވާފަރު ކައުންސިލުން ރ. ހިބޫދޫ، ފ. އަތޮޅު ކައުންސިލުން ފ. މަކުނުއެރި، ގއ. ދެއްވަދޫ ކައުންސިލުން ގއ. ވިލިގަލާ އަދި ގދ. އަތޮޅުކައުންސިލުން ގދ. މާނައިދޫ އާއި، ވާރެއިދުވާ އާއި އަދި ލޮނުދޫ ހޯދުމަށް އެދި ހުށައަޅާފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް