ރައީސް ޑރ. މުޙައްމަދު މުއިއްޒު -- މިހާރު ފޮޓޯ
ސަރުކާރުގެ އަމާޒަކީ ހުރިހާ ރައްޔިތުންގެ ދިރިއުޅުން ފަހިކުރުމަށް މަސައްކަތްކޮށް، މޫސުމީ ބަދަލުތަކުން މި ޖަޒީރާތަކަށް ހުރި ހިރާސް ދެނެގަނެ ތިބެގެން، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ އިޖުތިމާއީ އަދާލަތުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގަ އެވެ.
ރައީސްގެ މެސެޖުގައި މި އަހަރުގެ ޝިއާރު "ސްޓްރެންތެނިން އަ ޖަސްޓް ޓްރާންޒިޝަން ފޯ އަ ސަސްޓެއިނަބަލް ފިއުޗާ" އަކީ، ރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ، ކުޑަ، ޖަޒީރާ ގައުމެއްގެ ގައުމީ އަހަންމިއްޔަތުތަކާއި، ބައިނަލްއަގުވާމީ އުންމީދު ތަކާ ގުޅިލާމެހިފައިވާ ޝިއާރެއްކަން ފާހަގަ ކުރެއްވި އެވެ. އަދި އިގުތިސާދީ ތަރައްގީގެ ހަލުވި ފިޔަވަޅުތަކާ އެއް ހަމައެއްގައި ދެމެހެއްޓެނިވި ވެއްޓެއް ކަށަވަރު ކުރުމުގައި ހުރި ގޮންޖެހުންތަކަށް މި ޝިއާރުން އިޝާރާތް ކުރާކަން ވެސް އެ މަނިކުފާނު ފާހަގަ ކުރައްވާފައިވެ އެވެ.
ރާއްޖޭގެ ތަރައްގީގެ މިސްރާބާއި އިގުތިސާދީ ކުރިއެރުމަށް އުންމީދު ކުރާ އިސްލާހު ތަކަށް އިޝާރާތް ކުރައްވައި އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ހުރިހާ ރައްޔިތުންގެ ދިރިއުޅުން ފަހިކުރުމަށް މަސައްކަތްކޮށް، މޫސުމީ ބަދަލު ތަކުން މި ޖަޒީރާ ތަކަށް ހުރި ހިރާސް ދެނެގަނެ ތިބެގެން، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުން ކަމުގަ އެވެ.
އެގޮތުން، ރަސްމާލެ މަޝްރޫއު ވެގެންދާނީ ފުރަތަމަ އިކޯ- ސިޓީއަށް ކަމަށާއި، އެއީ، ގެދޮރުވެރިކަމާއި އިގުތިސާދީ ފުދުންތެރިކަން އިތުރުކޮށްދިނުމުގައި ދެމެހެއްޓެނިވި މިންގަނޑުތައް ގެންގުޅުމުގެ ނަމޫނާ އަކަށް ވެގެން ދާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ލޯ- ކާބަން އިކޮނޮމީއަކަށް ވާސިލުވާން ކުރާ މަސައްކަތް ތަކަކީ އެންމެން ޝާމިލު ކުރާ އަދި އެންމެންނަށް މަންފާ ލިބޭ މަސައްކަތަކަށް ވާން ޖެހޭނޭ ކަން ފާހަގަ ކުރައްވަމުން އެ މަނިކުފާނު ވަނީ، ރާއްޖޭގެ އެނާޖީ ރޯޑްމެޕް 2024-2033 ގައިވާ ލަނޑުދަނޑިތަކަށް އަލިއަޅުއްވާލައްވާފަ އެވެ.
މީގެ އިތުރުން، މިންތީގެ ހަމަހަމަ ކަމާއި އިޖުތިމާއީ ބައިވެރިވުން ކަށަވަރު ކުރުމަށް ޓަކައި، އިގުތިސާދީ، އިޖުތިމާއީ، ތައުލީމީ، މަސައްކަތްތެރިކަން އަދި ތިމާވެއްޓާ ގުޅުން ހުރި ސިޔާސަތު ތަކުގައި ވެސް، މި ވިސްނުން އިސް ކުރައްވާފައިވާ ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޒުވާނުންނާއި، އިސްވާރުންގެ ބައިވެރިވުން ކަށަވަރު ކޮށްދޭނޭ ފުރުސަތުތައް އުފެއްދުމުގެ މުހިންމުކަން ދެނެވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އިޖުތިމާއީ ރައްކާތެރި ކަމުގެ ހަރުދަނާ ނިޒާމެއް އުފެއްދުމަކީ، އިންސާފުވެރި ބަދަލަކަށް ލާޒިމުކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ބޭރުން އަންނަ ލޮޅުންތަކާއި، އިގުތިސާދީ ހިރާސް ތަކާއި މޫސުމީ ގޮންޖެހުން ތަކުން މުޖުތަމައު ހިމާޔަތްކޮށްދިނުމުގައި މި ފަދަ ހަރުދަނާ ނިޒާމު ތަކުން އަދާ ކުރާނޭ ދައުރު އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ރައްޔިތުންނަށް އިސްކަންދީގެން، ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަށް މި ސަރުކާރުން ދޭ ސަމާލުކަން ފާހަގަ ކުރައްވައި އެ މަނިކުފާނު ވަނީ، އާދަކާދަ ތަކުން ލިބޭ އިލްމާއި ހިލްމުގެ މައްޗަށް ބަރޯސާވާ ލާމަރުކަޒީ ހައްލުތަކެއް ހުރިހާ ފެންވަރެއްގައި ވެސް ބޭނުން ކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި މި މަސައްކަތް ކުރައްވާނީ ޒަމާނީ ފަންނިއްޔާތުގެ އެހީގައި ސްމާޓް އަދި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރު ވާނޭ ފަދައިން، މި މުޖުތަމައަށް ޑިޖިޓަލް ބަދަލެއް ގެނެސްގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެންމެންނަށް އަދުލުވެރި މުސްތަގުބަލެއް ކަށަވަރު ކުރެވޭނީ އެކުގައި މަސައްކަތް ކޮށްގެންކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އާދަކާދައިން ފެންނަ ފަދަ އިޖުތިމާއީ ރޫހު އާލާކޮށް، މާޒީގެ ތަޖުރިބާ ތަކުން ދަރުސް ލިބިގަނެ، އެއިން ހިތްވަރު ހޯދައިގެން މާދަމާ އުޖާލާ ކުރެވޭނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް