ޑަބްލިއުޑީސީތަކަށް ރޯދަ އިނާޔަތް ލިބޭ ބިލް ތަސްދީގު ކުރައްވަނީ --
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުމަށް ޓަކައި ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މި ބިލަކީ، ފެބުރުވަރީ 18 ވީ އަންގާރަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ހަ ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށްރަށުގައި، އަދި ސިޓީ ތަކުގައި އިންތިހާބު ކޮށްފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ސާފުކޮށް ގާނޫނުގައި ބަޔާން ކުރުމާއިއެކު، އެ ކޮމިޓީތައް ބާރުވެރިކުރުވުމަށް ޓަކައި ގާނޫނަށް ގެންނާން ޖެހޭ އިސްލާހުތައް ގެނައުމެވެ.
ބިލުގައި ހިމެނޭ މައިގަނޑު ކަންކަމުގެ ތެރޭގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްސީލު ކުރުމާއި އެކު ކޮމިޓީ ތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ޓަކައި ގެންނާން ޖެހޭ އިސްލާހުތައް ގެނައުމާއި، ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި އެ ކޮމިޓީ ތަކަށް ބޭނުންވާ އިދާރީ އެހީތެރި ކަމާއި ވަސީލަތް ތަކާއި ތަމްރީނު ފަދަ ކަންކަން، ކައުންސިލް ތަކުންނާއި ލޯކަލް ގަވަރުމެންޓު އޮތޯރިޓީއިން ހަމަޖައްސައިދިނުމާ ގުޅޭ އުސޫލުތައް ހިމެނެ އެވެ.
އަދި ކައުންސިލު ތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާގެ ތެރެއިން، ކޮމިޓީ ތަކުގެ ހަރަކާތްތައް ހިންގުމަށް އެ ކޮމިޓީ ތަކަށް ދޭން ޖެހޭ ފައިސާ ދޫ ކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން، އެ ފައިސާ ދޫކުރާނެ ގޮތް ތަކާއި، އެ ފަދައިން ދޫކުރާ ފައިސާ، ކޮމިޓީ ތަކުން ބޭނުން ކުރުމުގައި އަމަލު ކުރާން ޖެހޭ ގޮތުގެ އުސޫލުތައް ބަޔާން ކުރުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން، ކޮމިޓީ ތަކުގެ މެންބަރުންނަށްނ ރޯދަ އިނާތް ދިނުމުގެ އުސޫލުތައް ވެސް މި ބިލުގައި ހިމެނެ އެވެ.
އެގޮތުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރޯދަ މަހުގެ އިނާޔަތް ލިބި ނުދެވޭ ކޮންމެ މެންބަރަކަށް، ރޯދަ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރޯދަ މަސް ފެށުމުގެ ކުރިން 3000.00 ރުފިޔާ ދޭން ވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް