ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު --
ދިވެހި ގައުމު މި ދެކޭ ކުރިއެރުމާއި ތަރައްގީގެ ހަގީގީ މޭސްތިރިންނަކީ އިސްރަށްވެހީން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅު ވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ، އިސްރަށްވެހީންގެ ނާދީއަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްރަށްވެހީންނަކީ، ހަމައެކަނި އުމުރުން ދުވަސްވީ މީހުންގެ ގޮތުގައި ދުށުމުގެ ބަދަލުގައި އެ މީހުންނަކީ، އެ މީހުންގެ ޅަ ދުވަހާއި ޒުވާން އުމުރު ދަތި ހާލުގައި ހޭދަ ކުރައްވައިގެން، އަޅުގަނޑުމެންގެ މިއަދުގެ އުފަލަށް ޓަކައި ޖާނާއި ފުރާނައިން ގުރުބާންވި އިހުލާސްތެރީންގެ ގޮތުގައި ބަލައިގަންނަން ޖެހޭކަން އެ ކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.
އޭގެ އިތުރުން އިސްރަށްވެހީންގެ ގުރުބާނީއަށް ޓަކައި އިސް ރަށްވެހީންނަށް ހުރުމަތް އަދާ ކުރުމުގައި އަދުގެ ޖީލު ވަނީ ދަރަނިވެރިވެފައި ކަމުގައި އެ ކަމަނާ ވިދާޅުވި އެވެ.
ގައުމެއްގެ ހައިބަތު އިތުރު ކުރުމަށް ޓަކައި އެ ގައުމެއްގެ އިސްރަށްވެހީން މުހިންމު ކަން ފާހަގަ ގަކުރައްވައި، މި ރަސްމިއްޔާތުގައި އިސްރަށްވެހީންގެ އަރިހުން އެ ކަމަނާ އިލްތިމާސް ކުރެއްވީ، އެ ބޭފުޅުންގެ ތަޖުރިބާތައް ހިއްސާކޮށް ދެއްވުމަށެވެ.
އެ ކަމަނާގެ ވާހަކަފުޅުގައި، އިސްރަށްވެހީންގެ އިލްމާއި ތަޖުރިބާއިން ދަރުސް ލިބިގަތުމަށް ދަރިވަރުންނަށް އިލްތިމާސް ކުރެއްވި އެވެ. އަދި އިސްރަށްވެހީންގެ ކިބައިން އިލްމީ، ފިކުރީ އަދި ހުނަރުގެ މަންފާ ލިބިގަތުމަށް އެ ކަމަނާ ވަނީ ޒުވާނުންނަށް އިލްތިމާސް ކުރައްވާފަ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި، އިސްރަށްވެހީންގެ ނާދީގެ ލޯގޯ އާއި ނާދީގެ މެންބަރުންގެ ކާޑު ވެސް އިފްތިތާހުކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހު، އިސްރަށްވެހީންގެ ނާދީ އިފްތިތާހު ކޮށްދެއްވީ މެޑަމް ސާޖިދާ މުޙައްމަދެވެ.
މާލޭގައި ހުޅުވާފައިވާ އިސްރަށްވެހީންގެ ނާދީއަކީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ، އިސްރަށްވެހީންނަށް ހާއްސަ އިޖުތިމާއީ މަރުކަޒު ތަކެއް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ބިނާ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނިގެން ބިނާ ކުރި ފުރަތަމަ މަރުކަޒެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް