ރެހެންދި އެވޯޑު ދިނުމަށް މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން --
ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ޖެންޑާ މިނިސްޓްރީން މިއަދު ހުޅުވައިލައިފި އެވެ.
ރެހެންދި އެވޯޑަކީ އެކިއެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި ގައުމީ ތަރައްގީ އަށާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާ ކުރާ ދައުރާއި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި އަންހެނުންގެ ކުރި އެރުމަށް ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުމުގެ ގޮތުން ދޭ އެވޯޑެކެވެ.
ޖެންޑާ މިނިސްޓްރީން ގެޒެޓްކުރި އިއުލާނެއްގައިވާ ގޮތުން މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށައިގެން އަންނަ ކުރިއަށް އޮތް މާޗު މަހުގެ ހަތަރު ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.
މިނިސްޓްރީން ބުނީ މި އެވޯޑަށް ކުރިމަތިލާން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތު، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ތަކުންނާއި ޖަމުއިއްޔާ ޖަމާއަތްތަކުން ވެސް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މި އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާ ތަކުގެ ޝަރުތުތައް އެކުލެވޭ އުސޫލާއި އެޕްލިކޭޝަން ފޯމު، ޖެންޑާ މިނިސްޓްރީގެ ވެބްސައިޓް www.msfd.gov.mv އިން ޑައުންލޯޑު ކުރެވޭނެ އެވެ.
އަންހެނުންގެ އަގު ގައުމީ ފެންވަރެއްގައި ވަޒަން ކުރުމުގެ ގޮތުން ރެހެންދި އެވޯޑު ތައާރަފްކޮށް މި އެވޯޑު ދޭން ފެށީ 2014 ވަނަ އަހަރު އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް