---
މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ނަމުގައި މިދިޔަ ސަރުކާރުން ހިންގާފައިވަނީ ޖަރީމާއެއްގެ ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވިދާޅުވެއްޖެއެވެ.
ގޯތި ލިބިފައިވާ ފަރާތްތަކަށް ތިން މަސްދުވަހުގެ ތެރޭގައި ގޯތިތައް ހަވާލު ކުރަންޖެހޭ ގޮތަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ގެނައި އިސްލާހު ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލާފައިއޮތުމުން އެ ބިލާމެދު އަމަލުކުރާނެ ގޮތަކާމެދު މިއަދުގެ ޖަލްސާގައި މެންބަރުން ބަހުސް ކޮށްފައިވެއެވެ.
އެގޮތުން ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން ސައުދާ ވަނީ، މިދިޔަ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ނަމުގައި ހިންގާފައިވަނީ ޖަރީމާއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
"ނެތް ތަނަކުން، ނެތް އެއްޗެއް ރައްޔިތުންނަށް ތިމަންނަމެންނަށް ދީފީމޭ ތިކަމުގެ [ބޯހިޔާވަހިކަމުގެ] ހައްލެއްގެ ގޮތުގައި، މިހެން ބުނެ ހިނގާފަ މިއޮތީ ހަމަ ޖަރީމާއެއް. މިއީ ވަރަށް ބޮޑު އޮޅުވާލުމެއް." މެންބަރު ސައުދާ ވިދާޅުވިއެވެ.
ސައުދާ ވިދާޅުވީ ގޯތި ލިބޭނެކަމަށް ރައްޔިތުން ކުރަމުންދާ އުންމީދުގައި އެއްވެސް ވަރަކަށް ކުލަޖެހުމަކީ ވާނެކަމެއް ނޫންކަން ހާމަވާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބިމާ ބެހޭ ވަރަށް ފުރިހަމަ 'ޓޯޓަލް ސޮލިއުޝަން' ލިބޭނެ ބިލެއް ތައްޔާރު ކޮށްފައިވާކަން ފާހަގަކޮށް ސައުދާ ވިދާޅުވީ މިހާރު ހުރި އިސްލާހުތަކަށް އެއްވެސް ވަރަކަށް ފުރުސަތު ދިނުމަށް ނުފެންނަ ކަމަށެވެ.
ބިމާބެހޭ ޤާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. 19 ވަނަ މަޖިލިސް ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް މި ބިލު ފާސްކޮށް ތަސްދީގު ކުރުމަށް ފޮނުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ބިލު ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ. ބިލާ މެދު އަލުން ވިސްނާވަޑައިގަތުމަށް، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގައި ރައީސް އެދިވަޑައިގެން، މި ބިލު ތަސްތީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާފައިވަނީ މޭ 16 ވަނަ ދުވަހުއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މި ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ވޯޓަށް އެހުމުން ކޮމިޓީއަށް ފޮނުވުމަށް ފެންނަ ކަމަށް ވޯޓު ދީފައިވަނީ 12 މެންބަރުންނެވެ. އަދި އެކަމާ ދެކޮޅަށް 75 މެންބަރުން ވޯޓު ދީފައިވެއެވެ. މި ބިލު އޮތްގޮތަށް ދެވަނަ ފަހަރަށް ފާސްކުރުމަށް ވޯޓަށް އެހުމުން ފެންނަ ކަމަށް 12 މެންބަރުން އަދި ނުފެންނަ ކަމަށް 76 މެންބަރުން ވޯޓު ދީފައިވެއެވެ. އެހެންކަމުން މި ބިލު ބާތިލުވީ ކަމަށް ރިޔާސަތުން ވަނީ އިއުލާނު ކުރައްވާފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް