މާލޭ މަގުމަތީގައި ބޭނުންނުކޮށް ހުރި އުޅަނދުތައް ފުލުހުން ނަގަނީ --
މާލޭގެ މަގުތަކުގައި ބޭނުންނުކޮށް ދޫކޮށްލާފައި ހުރި 235 އުޅަނދު ނަގައި ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ކުރި އެކްސް ޕޯސްޓެއްގައި ބުނީ މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަދު ކޮށްފައިވާ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން ޖުމްލަ 235 އުޅަނދެއް މިއަދު ޓޯ ކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 201 ސައިކަލު، ހަތަރު ފުރޮޅުލީ 31 އުޅަނދު އަދި ތިން ބައިސްކަލު ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މީގެ އަހަރުތަކެއް ކުރިން ފަށައިގެން ވެސް މަގުމަތީގައި ގަވާއިދާ ހިލާފަށް ޕާކް ކުރާ ވެހިކަލްތަކާއި ގިނަ ދުވަސް ވަންދެން މަގުތަކަށް ދޫކޮށްލާފައި ތިބޭ އުޅަނދުތައް ނަގަމުން ގެންގޮސްފައިވެ އެވެ. ނަމަވެސް އަދި މިއަދާ ހަމައަށް ވެސް މި މައްސަލަ އޮތީ ހައްލު ނުކުރެވި އެވެ. އަދި ވެހިކަލް އެތެރެކުރާ މިންވަރު ކޮންޓްރޯލުން ނެއްޓި، މާލޭގެ ޓްރެފިކް މައްސަލަތައް ވެސް މިވަނީ ބޮއްސުންލާފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް