އަހާ ފޯރަމްގައި މިރޭ ބައިވެރިވަޑައިގަންނަވާ ވަޒީރުން
ވަޒީރުންނާ ސުވާލު ކުރުމަށް ފުރުސަތު ހުޅުވާލައިގެން "އަހާ"ގެ ނަމުގައި ބާއްވާ އާންމު ފޯރަމް ތަކުގެ ސިލްސިލާ ފޯރަމެއް ޕަބްލިކް ސާވިސް މީޑިޔާގެ ސްޓޫޑިއޯގައި މިރޭ އޮންނާނެ އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކްސާވިސް މީޑިޔާ (ޕީއެސްއެމް) ގުޅިގެން ބާއްވާ ފޯރަމެކެވެ.
މިރޭ ބާއްވާ ފޯރަމުގައި ރައްޔިތުންނަށް މައުލޫމާތު ދެއްވުމަށާއި ސުވާލު ތަކަށް ޖަވާބު ދެއްވުމަށް ތިއްބަވާނީ، އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު، ޑރ. އައިޝަތު ޝިހާމް، މަތީ ތައުލީމާ މަސައްކަތްތެރި ކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. އަލީ ހައިދަރު އަހުމަދު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު، އިގުތިސާދީ ތަރައްގީއާ ބެހޭ ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު، މުޙައްމަދު ސައީދު، އަދި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަޒީރު، ތޯރިގު އިބްރާހިމް އެވެ.
މިފޯރަމްގައި ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ވަޒީރުންގެ ފަރާތުން ރައްޔިތުންނަށް ދެއްވައި، ރައްޔިތުންގެ ސުވާލު ތަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ފުރުސަތު ހުޅުވާލާނެ އެވެ.
މިކަމަކީ ސަރުކާރުން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުމުށާއި، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބާރު އެޅުމުގެ ގޮތުން ކުރާ މަސައްކަތެކެވެ.
މި ފޯރަމަކީ އާންމުންނަށް އެ ތަނަށް އައިސް ބައިވެރިވެވޭ ގޮތަށް އަދި ފޯރަމް ހިނގަމުންދާ ވަގުތު ސޯޝަލް މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ ފޯރަމެކެވެ.
މި ފޯރަމް މިރޭ އޮންނާނީ 9:00 ޖަހާއިރު ޕީއެސްއެމްގަ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް