ސަލްޓަން ޕާކު މަރާމާތު ކުރުމަށް ބީލަމަށް ހުޅުވައިލައިފި

ސަލްޓަން ޕާކު -- އަވަސް ފޮޓޯ

ސަލްޓަން ކާޕު މަރާމާތު ކުރުމަށް ބީލަން ހުށަހަޅަން ހުޅުވައިލައިފި އެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 24 ވާ ހޯމަ ދުވަހެވެ.

މައުލޫމާތު ސެޝަން އޮންނާނީ އަންގާރަ ދުވަހުގެ ހެނދުނު 9:00ގައި ހ.ހުޅުގަލި، އެއް ވަނަ ފަންގިފިލާގައި ހުންނަ ސިޓީ ކައުންސިލްގެ އިދާރާގެ މީޓިން ރޫމުގަ އެވެ.

ސިޓީ ކައުންސިލުން ބުނީ ގަޑިއަށް މައުލޫމާތު ސާފުކުރަން ހާޒިރު ނުވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ފަރާތް ތަކުގެ އާންދާސީ ހިސާބު ބަލައި ނުގަންނާނެ ކަމަށެވެ.

ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާން ކުރިއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ސަލްޓަން ޕާކުގެ ހަލަތު ފެނިފައި ހިތާމަ ކުރައްވާ ކަމަށެވެ. އަދި މިއަދު އެ ދެތަން ވެސް ދަނީ ވީރާނާ ވަމުން ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މި ދެ ތަނަކީ ވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެ ތަން ކަމަށެވެ.

ރައީސް ވިދާޅުވީ މި ދެތަނުގެ ރީތި ކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެ ވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތް ތަކެއް ކުރާނެ ކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މައުލޫމާތަށް ޓަކައި ދަންނަވާ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނެފައި ވަނީ ސަލްޓަން ޕާކު ހުޅުވުނު ފަހުން އެ ތަނަކީ އެއްވެސް މަރާމާތެއް ނުކުރެވި، އެ ތަނުގައި ހުރި އިމާރާތް ތަކާއި ވަސީލަތްތައް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައިވާ ތަނެއް ކަމަށެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

7 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy