ލޯކަލްގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު
ލާމަރުކަޒީ ނިޒާމުގެ ސަބަބުން ތަރައްގީ އާއި ތަހުޒީބަށް މަގު ފަހިވާންޖެހޭނެ ކަމަށް ލޯކަލްގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން އެދޭގޮތަށް، ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ދިނުމާއި ރައްޔިތުން ބޭނުންވާ ގޮތް ދެނެގަތުމަށްފަހު، އެ ކަމަށް ރިއާޔަތް ކޮށްގެން ކަންކަން ކުރުމަށް މަގު ފަހިކޮށްދޭ ނިޒާމެއް ކަމަށެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ސިޔާސީ ފިކުރުގެ ގޮތުން ހިޔާލު ތަފާތު ވުމަކީ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ދިނުމަށް ހުރަސް އެޅޭ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ.
މަލްޓިޕާޓީ ޑިމޮކްރަސީގެ ހަގީގީ ފައިދާ ގައުމަށް ކުރާނީ އޭރުން ކަމަށް ވެސް ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވަނީ ހަރުދަނާ ސިޔާސަތެއް ކަން ފާހަގަ ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ މުއައްސަސާ ތަކުން ވެސް އެ މަނިކުފާނު ނަމޫނާ އަކަށް ބަލައިގެން ކަންކަން ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އުންމީދަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ހަރުދަނާ އަދި ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި އެ މަނިކުފާނު ކަންކަން ކުރައްވާގޮތް ނަމޫނާއަކަށް ބައްލަވައިގެން، ހުރިހާ މުއައްސަސާތަކުން ވެސް އެގޮތަށް ބަހާއި އަމަލުތައް ބެހެއްޓެވުން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް