ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރަކަށް ޒަމީރު، ނައިބަކަށް ހަސަން

----

ލާމަރުކަޒީ ކޮމިޓިގެ މުގައްރިރު ކަމަށް މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ހަމަޖައްސައިފިއެވެ.

ލާމަރުކަޒީ ކޮމިޓިގެ މުގައްރިރު ކަމަށް ޒަމީރު އިންތިހާބުކޮށްފައި ވަނީ މިއަދު ބޭއްވި ކޮމިޓީތަކުގެ ފުރަތަމަ ބައްދަލުވުމުގައެވެ. މި މަގާމަށް ޒަމީރުގެ ނަން ހުށަހަޅުއްވާފައި ވަނީ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ. އަދި އެ ހުށަހެޅުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ވަނީ ތާއީދު ކުރައްވާފައެވެ.

އެ ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމަށް ޒަމީރު ވަނީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދުގެ ނަން ހުށަހަޅުއްވާފައެވެ. އަދި އެ ހުށަހެޅުމަށް ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާމް ވަނީ ތާއީދު ކުރައްވާފައެވެ.

އެ ދެ ބޭފުޅުން އިންތިހާބުވެ ވަޑައިގެންފައި ވަނީ ކޮމިޓީއަށް މި ވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ލާމަރުކަޒީ ކޮމެޓީގެ މެންބަރުންނަކީ:

  1. މައްޗަންގޯޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒަމީރު (މުގައްރިރު)

  2. ވިލުފުށި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ވަހީދު (ނައިބު މުގައްރިރު)

  3. ހެންވޭރު އުތުރު ދާއިރާ ޕީއެންސީ މެންބަރު އަހުމަދު އައިފާން

  4. ގެމަނަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަސަދުﷲ ޝިހާބް

  5. ކޮލަމާފުށި ދާއިރާގެ ޕީއެންސީ މެންބަރު އިބްރާޙިމް ދީދީ

  6. ނިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ފާތުމަތު ސައުދާ

  7. ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނިއުޝާދު

  8. އައްޑޫ މީދު ދާއިރާގެ އަމިއްލަ މެންބަރު އަބްދުއް ރަހްމާން

  9. އުނގޫފާރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝިފާޒު

  10. ނައިފަރު ދާއިރާގެ ޕީއެންސީ މެންބަރު ޔާސީން އަބްދުﷲ

  11. ބިލެއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަސްލަމް އެވެ.

ނިމިދިޔަ މަޖިލީހުގައި ލާމަރުކަޒީ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ 9 މެންބަރުން ނަމަވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ އަދަދު 11 އަށް ބަދަލުކޮށް ވަނީ ފާސްކޮށްފައެވެ.

---

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

29 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

1 ދުވަސް ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy