މޫސުމީ ކާރިސާ ތަކަކީ ސިޔާސީ މަޝްވަރާ ތަކަށް މަޑު ކުރާނެ ކަމެއް ނޫން: ނައިބު ރައީސް

ނައިބު ރައީސް

މޫސުމީ ކާރިސާ ތަކަކީ ސިޔާސީ މަޝްވަރާ ތަކަށް އިންތިޒާރުކޮށް، މަޑު ކުރާނެ ކަމެއް ނޫން ކަމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި މިހާރު ކުރިއަށްދާ "ވޯލްޑް ގަވަމަންޓްސް ސަމިޓް 2025"ގެ ހަވާސާގައި މިއަދު ކުރިއަށްދާ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ފޯރަމްގައި ތަގުރީރު ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ތޫފާނީ ބާރު ގަދަވުމަކީ އިގުތިސާދީ އޮއިވަރާ ގުޅިފައި އޮތް ކަމަކަމަށް ނުވާ ފަދައިން، ފިނިހޫނުމިން މަތިވުމަކީ ވެސް ސަރަހައްދީ އިމަކަށް ބަލައިގެން މެދުވެރިވާ ކަމެއް ނޫން ކަމުގަ އެވެ.

ނައިބު ރައިސްގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތައް ކުޑަ ކުރުމަށާއި، ކާރިސާތައް މެނޭޖް ކުރުމަށް ޓަކައި، ހަރަކާތްތެރި ލީޑާޝިޕެއް ބޭނުންވާކަން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ބޮޑެތި އިގުތިސާދު ތަކުން ވެފައިވާ މޫސުމީ ބަދަލުތަކުގެ ވައުދުތަކަށް އިހުތިރާމްކޮށް، އެ ގައުމު ތަކުގެ އަމަލުތައް އެއްގޮތް ކުރާންޖެހޭ ކަން ފާހަގަ ކުރައްވައި، ދުނިޔޭގެ ހަމަޖެހުން ބަރޯސާ ވަނީ ފަރުދީ އަމަލު ތަކުގެ މައްޗަށް ނޫން ކަމާއި، އިތުބާރުގެ މައްޗަށް ކަން ގަބޫލު ކުރަން ޖެހޭ ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލު ތަކަކީ، ސަރުކާރުގެ ކޮންމެ ނިންމުމެއްގެ މައިގަނޑު އަސާސަކަށް ވާންޖެހޭ ކަމުގައި ވިދާޅުވި އެވެ. އަދި އިޖުތިމާއީ، އިގްތިސާދީ އަދި މާލީ ގޮތުން ކަމުގައި ވިޔަސް، ކޮންމެ ނިންމުމެއް ނިންމުމުގެ ކުރިން، މޫސުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ތަކަކީ ކޮބައިކަން ފުރަތަމަ ސުވާލު ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލެއްވީ ހަމައެކަނި ވައުދު ތަކަކަށް ނޫން ކަމަށާއި، ފިޔަވަޅު އެޅުން ވެސް އެ ގޮވާލެއްވުމުގައި ހިމެނޭކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

 އެގޮތުން، ހަމަ އެކަނި ވައުދުތަކެއް ވުމުގެ ބަދަލުގައި، އަމަލީ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ވެސް ނައިބު ރައީސް ހުސައިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

27 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy