ވީއައިއޭގެ ޓެކްސީ ކިއު-- އަވަސް ފޮޓޯ
ސަރުކާރުގެ ޓެކްސީ ލައިން ފެށުމުން، މިހާރުވެސް ހިދުމަތް ދެމުން އަންނަ އަމިއްލަ ޓެކްސީ ސެންޓަރު ތަކުގެ ޓެކްސީތަކާއި "ރައްޔިތުންގެ ޓެކްސީ" އާއި ގުޅިގެން މާލޭ ސަރަހައްދަށް އެއްވެސް ދަތިކަމެއް ނެތި 24 ގަޑިއިރު ޓެކްސީ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
ޓެކްސީ ހިދުމަތުން އިތުރު ވަޒީފާތަކެއް އުފެދޭނެ ކަމަށާއި އެގޮތުން ޑްރައިވަރުން، މެކޭނިކުން އަދި އޮޕަރޭޝަނަލް ފީލްޑް ތަކުގައި ވެސް ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ޕާޓްޓައިމްކޮށް ވަޒީފާ އަދާ ކުރެވޭނެ "ޑްރައިވާ ޕޫލް" އެއްވެސް މި ހިދުމަތާއެކު އެކުލަވާލަން ގަންދުކުރާ ކަމަށް ވެސް ބުންޏެވެ.
"މިކަމުގެ ސަބަބުން ދުވާލުގަޑީގައި ވަޒީފާ އަދާކޮށްފަ، ރޭގަނޑު ޓެކްސީއެއް ދުއްވައިގެން އިތުރު އާމްދަނީއެއް ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ، އަދި އަތޮޅުތަކުން ރައްޔިތުން އެކިއެކި ބޭނުން ތަކަށް މާލެ އައިސްގެން އުޅޭއިރު ވެސް މި ޓެކްސީ ލައިންގައި ވަޒީފާ އަދާ ކުރެވޭނެ، މިގޮތުން ކާރު ދުއްވުމުގެ ލައިސެންސް އޮތް ހަމަ ކޮންމެ ބޭފުޅަކަށް ވެސް "މާލޭ ޓެކްސީ ލައިން"ގެ ޚިދުމަތަށް ގުޅުމުގައި އެއްވެސް ހުރަހެއް ނޯންނާ،" އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީން ބުނީ މ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި ކަސްޓަމަރުންގެ ޝަކުވާ ތަކާއި ހިޔާލުތައް އެ ކުންފުނީގެ "ހޮޓްލައިން" 1650 މެދިވެރިކޮށް ރެކޯޑްކޮށް، ހިދުމަތް ރަނގަޅު ކުރުމަށް ބޭނުންވާ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.
"އެމްޓީސީސީގެ އަމާޒަކީ ރައްޔިތުންނަށް އިތުބާރުހިފޭ ބަރޯސާ ވެވޭނެ ފަދަ ލުއިފަސޭހަ ޓެކްސީ ހިދުމަތެއް ފޯރުކޮށްދިނުން،" އެ ކުންފުނިން ބުންޏެވެ.
މާލޭ ޓެކްސީ ލައިން" ގެ މަސައްކަތް ކުރިއަށް ގެންދާނީ ފިޔަވަހި ތަކަކަށް ބަހާލައިގެންނެވެ. މިގޮތުން، ފުރަތަމަ ފިޔަވަހީގެ ދަށުން، މާލެ، ހުޅުމާލެ އަދި ވީއައިއޭ ގައި މި ހިދުމަތް ފަށާގޮތަށް ނިންމާފައި ވަނީ މި އަހަރު އެވެ.
މާލޭ ސަރަހައްދުގައި ޓެކްސީ ލައިން ހިދުމަތް ދޭން ފެށުމަށް އެމްޓީސީސީއާއެކު ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ވަނީ އެއްބަސްވުމެއް ހަދާފަ އެވެ. އެވެ.
އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް އަހުމަދު ޝަމީމެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް