މާރާމާރީ ތަކުގެ ތުހުމަތު ކުރެވޭ ނުރައްކާތެރި މީހަކު ހައްޔަރު

މާލޭގައި މި ދުވަސްވަރު ހިންގާ މާރާމާރީތަކުގެ ތުހުމަތު އޮތް މީހާ

މާލޭގައި މިހާރު ހިނގަމުން އަންނަ މާރާމާރީ ތަކުގެ ތުހުމަތު ކުރެވޭ އަދި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލަކު، ދިގުވާނޑު ބަނަފްސާގެ، ހުސައިން އަރީޝް، 31، އެވެ.

ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖުގައި ބުނީ މާލޭގައި މިހާރު ހިންގަމުން އަންނަ މާރާމާރީ ތަކުގެ ތުހުމަތު ކުރެވޭ އަދި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމައި ބައިވެރިވާ ކަމަށް ތުހުމަ ތުކުރެވޭ މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރެފައިވަނިކޮށް މެލޭޝިއާއަށް ފުރައިގެން ދިއުމުން، އެ ގައުމަށް އޭނާ ހުއްޓުވައި އެހެން ފްލައިޓެއްގައި ރާއްޖެ ގެނެސްގެން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އަރީޝަކީ ޑުރަގާއި ތޫނު ހަތިޔާރު ގެންގުޅުމާއި މީހުންގެ މުދަލަށް ގެއްލުންދިނުމުގެ އިތުރުން އެކި އެކި މައްސަލަ ތަކުގައި 26 ފަހަރެއްގެ މަތީން ހައްޔަރު ކުރި މީހެއް ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

10 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy