ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރަކަށް ހުސްނީ، ނައިބަކަށް ޑރ. އާނާރާ

---

ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރަކަށް ހުސްނީ މުބާރަކް އަދި ނައިބު މުޤައްރިރަކަށް ޑރ. އާނާރާ ނައީމް އައްޔަން ކުރައްވައިފިއެވެ.

މިއަދު ކުރިއަށް ދިޔަ ޖުޑިޝަރީ ކޮމިޓީގެ ފުރަތަމަ ކޮމިޓީ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވަނީ ކޮމިޓީގެ މުޤައްރިރަކަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކްގެ ނަން ހުށަހަޅުއްވާފައެވެ. އަދި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދް ވަނީ އެ ހުށަހެޅުމަށް ތާއީދު ކުރައްވާފައެވެ.

އެ ކޮމެޓީގެ މުޤައްރިރަކަށް ހުސްނީ ގެންނަން 11 މެންބަރަކު ވޯޓް ދެއްވާފައެވެ.

ކޮމިޓީގެ ނައިބު މުޤައްރިރު ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވަނީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްގެ ނަން ހުށަހަޅުއްވާފައެވެ. އަދި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވަނީ ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް ހުށަހަޅުއްވާފައެވެ. ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވަނީ އެ ހުށަހެޅުމަށް ތާއީދު ކުރައްވާފައެވެ. ނާޒިލްގެ ނަމަށް ތާއީދު ނުލިބުމުގެ ސަބަބުން ކޮމިޓީގައި ވޯޓަށް އަހާފައިވަނީ ޑރ. އަނާރާގެ ނަމަށެވެ. 11 މެމްބަރު ވަނީ ޑރ. އަނާރާއަށް ވޯޓް ދެއްވާފައެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުސްނީ މުބާރަކް ވިދާޅުވީ މިދިޔަ 19 ވަނަ މަޖިލީހުގައި ނުނިމި ހުރި ކަންތައްތަކާއި ޖުޑިޝަރީއާ ގުޅުންހުރި ގިނަ ކަންތައްތަކެއް ހުރި ކަމަށް ޤަބޫލުފުޅު ކުރެއްވޭ ކަމަށެވެ.

"އަޅުގަނޑު ކޮމިޓީގެ މެމްބަރުންނާއި ގުޅިގެން ޖަލްސާ އޮންނަ ވަގުތުގެ ތެރެއިން ކޮމިޓީ ބޭއްވޭނެ ގޮތަކަށް ބަލައިގެން ކުރިއަށް ގެންދިޔުމުގެ ވިސްނުން ހުރީ. އިތުރު މަސައްކަތްތައް ހުރެއްޖެނަމަ ޖަލްސާގެ ވަގުތު ނިމުމާއެކު އިތުރު މަސައްކަތްތައް ކުރެވޭނެ،". ހުސްނީ މުބާރަކް ވިދާޅުވިއެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އާނާރާ ވިދާޅުވީ ޖުޑިޝަރީ ކޮމިޓީ އަކީ ވަރަށް މުހިންމު ކޮމިޓީއެއް ކަމަށެވެ. ޤައުމެއްގެ ނިސްބަތުން ބަލާއިރު އަދުލު އިންސާފު ޤާއިމުވުމަކީ މުހިންމުކަމެއް ކަމަށާއި ކޮމިޓީގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން އަމިއްލައަށް ވެސް މުހިންމު މައްސަލަތައް ކޮމިޓީއަށް ގެނެވޭނެ. ބަހުސް ކުރެވޭނެ، އަބަދުވެސް އިސްލާހުކޮށް ރަނގަޅު ކުރަން މި އޮންނާނީ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންނަށް ލިބިފައިވަނީ ވަރަށް މުހިންމު ފުރުސަތެއް،". އަނާރާ ވިދާޅުވިއެވެ.

---

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

24 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy