ބައިއިލެކްޝަނަށް ހާއްސަ އަހަމިއްޔަތުކަމެއް ދެއްވީތީ، ރައީސަށް އާތިފާގެ ޝުކުރު

ބައިއިލެކްޝަނަށް ހާއްސަ އަހަމިއްޔަތުކަމެއް ދެއްވީތީ، ރައީސަށް އާތިފާ ވަނީ ހުއްޓުމެއް ނެތް ޝުކުރު އަދާ ކުރައްވާފައި --

ނ. ލަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމުގެ ބައިއިލެކްޝަނަށް ހާއްސަ އަހަމިއްޔަތުކަމެއް ދެއްވީތީ، އެ ގޮނޑި ކާމިޔާބު ކުރެއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އާތިފާ މޫސާ، ރައީސުލްހުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ހުއްޓުމެއް ނެތް ޝުކުރު އަދާ ކުރައްވައިފި އެވެ.

އެމްޑީޕީގެ މައްޗަށް ކުރި ހޯދައި ލަންދޫ ކައުންސިލްގެ ގޮނޑި ވެރިކަން ކުރާ ޕީއެންސީއަށް ކާމިޔާބު ވުމުގެ އުފަލުގައި"ދެލި"އާ ވާހަކަ ދައްކަވަމުން އާތިފާ ވަނީ އެންމެ ބޭނުންވި ވަގުތުގައި އޭނާއަށް އެހީތެރިވެދިން ފަރާތް ތަކުގެ މަތީން ހަނދާން އައު ކޮށް، އެ ފަރާތް ތަކަށް ޝުކުރުވެރިވެފަ އެވެ.

އާތިފާ ބުނުއްވީ މި އިންތިހާބު ޕީއެންސީއަށާއި އޭނާއަށް ކާމިޔާބުކޮށްދިނުމަށް ރެއާއި ދުވާލު އެކި ގޮތް ގޮތުން މަސައްކަތްކޮށް އެހީތެރިވެދިން، އެންމެހާ ފަރާތް ތަކަށް އިހުލާސްތެރި ކަމާއެކު ހިތުގެ އެންމެ ފުނުން ޝުކުރު އަދާކުރައްވާ ކަމަށެވެ.

އިލެކްޝަންގެ ކަންކަން ވަރަށް ކައިރިން ބައްލަވަމުން ގެންދެވި ކަމަށް ޓަކައި އާތިފާ ވަނީ ރައީސް މުއިއްޒަށް ވަކީން ހާއްސަ ޝުކުރެއް އަދާ ކުރައްވާފަ އެވެ.

"ހާއްސަކޮށް ރައީސް ޑރ. މުއިއްޒު މި އިންތިހާބަށް ދެއްވި ހާއްސަ އަހަމިއްޔަތު ކަމަށް ޓަކައި ހުއްޓުމެއް ނެތް ޝުކުރު އެ މަނިކުފާނަށް ދަންނަވަން،" އޭނާ ބުނުއްވި އެވެ.

އެ ބޭބޭފުޅުންގެ އިތުރުން މަނަދޫ ދާއިރާގެ މަޖިލީސް މެންބަރު ހުސްނީ މުބާރަކު އަށާއި ލަންދޫ ޕީއެންސީގެ ސްޓެއަރިން ކޮމެޓީގެ މެންބަރުންނަށާއި ލަންދޫ ޕީއެންސީގެ މެންބަރުންގެ އިތުރުން ތާއީދުކޮށް ވޯޓު ދިން އެ ރަށު ރައްޔިތުންނަށް ވެސް އާތިފާ ވަނީ ހައްގު ޝުކުރު އަދާ ކުރައްވާފަ އެވެ.

ދެކެމުން އައި ހުވަފެނުގައި ދާދި އަވަހަށް ކުލަ ޖެހި، މި ގޮނޑި ކާމިޔާބު ކުރެވުނީތީ އާތިފާ ހުންނެވީ ވަރަށް އުފަލުންނެވެ.

އެހެންވެ، އޭނާ ފުރަތަމަ ވެސް ދެއްވީ އިހުލާސްތެރިކަމާއެކު ރަށަށް ހިދުމަތް ކުރައްވާނެ ކަމުގެ ޔަގީންކެމެވެ.

"ލަންދޫގެ ތަރައްގީއަށް އާނއެކޭ ބުނެ، އަޅުގަނޑަށް ދެއްވި ވޯޓުގެ އަގު ގާނޫނާއި ގަވާއިދާ ފުށު ނާރާ ކޮންމެ ކަމެއްގައި ދޭނެ ކަމުގެ ޔަގީންކަން ދެން،" އޭނާ ބުނުއްވި އެވެ.

ފެބްރުއަރީ އަށް ވަނަ ދުވަހު ކުރިޔަށް ގެންދިޔަ ބައިއިލެކްޝަންގައި ލަންދޫ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވި އާތިފާއަށް ލިބުނީ 326 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ރިޔާޝާއަށް 289 ވޯޓެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

10 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy