ވޭޕް އަތުލުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައި --
ރާއްޖެ އެތެރެ ކުރުން މަނާކޮށްފައިވާ ވޭޕު ބޭނުންކުރާ އާލާތްތައް އަތުލުމުގެ ބާރު ފުލުހުންނަށް ދީފި އެވެ.
މިއަދު ގެޒެޓްކުރި ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދުގައި ވަނީ ވޭޕް ބޭނުން ކުރާ އާލާތް ތަކާއި އެ އެއްޗެއްސާއެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ބޭނުން ކޮށްފި ނަމަ ނޫނީ އަތުގައި އޮއްވާ ފެނިއްޖެ ނަމަ އެ ތަކެތި އަތުލުމުގެ ބާރު ފުލުހުންނަށް ދީފަ އެވެ.
މީގެ އިތުރުން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރުމުގެ ތެރޭގައި އެ ފަދަ އެއްޗެއް ފެނިއްޖެ ނަމަ އެ އެއްޗެއް އަތުލެވޭ ކަމަށް ގަވާއިދުގައިވެ އެވެ.
މި ގަވާއިދާ ހިލާފުވާ ގޮތަށް ރާއްޖެ އެތެރެ ކުރުން މަނާ އެއްޗެއް ގެންގުޅެނިކޮށް ފެނިއްޖެ ނަމަ 2،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ ތަކެތި ދޭން އިންކާރު ކުރާ ނަމަ، 50،000 ރުފިޔާ އިން ޖޫރިމަނާ ކުރާ އެވެ.
މީގެ އިތުރުން އެ ކަމަށް ދެކޮޅު ހެދީ ވިޔަފާރި ސަހުޝިއްޔަތެއް ނަމަ، އެ ވިޔަފާރިއެއް 100,000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު އެ ވިޔަފާރި ހުއްދަ ބާތިލް ކުރަން ހުށަހެޅޭނެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް