ސިވިލް ސާވިސް މުވައްޒަފުންތަކެއް -- މިހާރު ފޮޓޯ
މި އަހަރުގެ ރޯދަ މަހުގެ އިނާޔަތުގެ ފައިސާ މި މަހުގެ 20 ވަނަ ދުވަހުގެ ކުރީން ސަރުކާރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިނުމަށް ފިނޭންސް މިނިސްޓްރީން ދައުލަތުގެ ހުރިހާ އޮފީސް ތަކަށް އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ މި އަހަރު ވެސް ރޯދަ އެލަވެންސްގެ ގޮތުގައި ވަޒީފާ އަދާ ކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް 3،000 ރުފިޔާ ދޭން ޖެހޭނެކަން ހަނދާންކޮށްދީފަ އެވެ.
މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށް ވުރެ، ގިނައިން ވަޒީފާ އަދާ ކުރާ މުވައްޒަފަކަށް އިނާޔަތް ދޭނީ އަސާސީ ވަޒީފާ އަދާ ކުރާ ތަނުން އެކަނި ކަމަށް ވެސް ފިނޭންސުން ބުނެފައިވެ އެވެ.
މީގެ އިތުރުން ރޯދަ މަސް ފެށޭއިރު، 'ޕޭ ލީވް' "ސްކޮލާޝިޕް" މުވައްޒަފުންނާއި 'ނޯޕޭ ލީވް'ގައި ތިބޭ މުވައްޒަފުންނަށް ރޯދަ އެލަވެންސް ދޭން ނުޖެހޭނެ ކަމަށް ވެސް އަންގާފައިވެ އެވެ.
އެކަމަކު ލީވްގައި ހުރި މުވައްޒަފަކު ރޯދަ މަހު ވަޒީފާއަށް ނުކުންނަށް ފަށައިފި ނަމަ، އެ ދުވަހަކުން ފެށިގެން ރޯދަ މަސް ނިމެންދެން ޖެހޭ އަދަދު ބަލައި އެލަވެންސްގެ ގޮތުގައި ދޭން ޖެހޭނެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި ބުނަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ މުސްލިމް ކޮންމެ މީހަކަށް ވެސް 3،000 ރުފިޔާ، ރޯދަ އެލަވަންސްގެ ގޮތުގައި ދޭން ޖެހޭނެ ކަމަށެވެ.
މީލާދީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް ފެށެނީ މާޗު މަހުގެ އެއްވަނަ ދުވަހު އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް