އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އާ ސަލަފް ޖަމުއިއްޔާއިން ބައްދަލުކުރަނީ --
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު، ޖަމުއިއްޔަތުއް ސަލަފްގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައިފި އެވެ.
މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށް ދިޔަ މި ބައްދަލު ކުރެއްވުމުގައި އެ ތަނުގެ އިސްވެރިންނާއި ސަލަފްގެ ރައީސް ޝައިހު އަބްދުﷲ ބިން މުޙައްމަދު އިބްރާހިމް އާއި، އެ ޖަމުއިއްޔާގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް ޝައިހު އަހުމަދު ސަމީރުގެ އިތުރުން ޖަމުއިއްޔާގެ އިސް ބޭފުޅުން ވަނީ ބައިވެރިވެލައްވާފަ އެވެ.
މިއަދު މަޝްވަރާ ކޮށްފައި ވަނީ ފާއިތުވެދިޔަ، އަހަރު ތަކެކޭ އެއްގޮތަށް ރޯދަ މަހު އެ ޖަމުއިއްޔާއިން ކުރިއަށް ގެންދާ އެކި ހަރަކާތް ތަކުގައި މިނިސްޓްރީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުންނެވެ.
އެގޮތުން، ރޯދަ މަހު އެ ޖަމުއިއްޔާއިން ކުރިއަށް ގެންދާ މިސްކިތު ދަރުސް ޕްރޮގުރާމް ތަކާއި، ރޯދަ މަހު މިސްކިތް ތަކުގައި ސުފުރާ އެޅުމާއި ގުޅޭ ގޮތުންނާ މިސްކިތުގައި އިއުތިކާފްއަށް ތިބުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝަހީމް ވަނީ، ސަލަފުން ރޯދަ މަހު ކުރިއަށް ގެންދާ ހަރަކާތް ތަކުގައި އެ މިނިސްޓްރީގެ ފަރާތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް