ރޯދަ މަހު އުމްރާއަށް ދާ މީހުންނަށް 1500 ޑޮލަރު އިތުރުކޮށްދޭން ރައީސް އަންގަވައިފި

ރޯދަ މަހު އުމްރާއަށް ދާ މީހުންނަށް 1500 ޑޮލަރު އިތުރުކޮށްދޭން ވަނީ ރައީސް އަންގަވާފައި —

އަންނަ ރޯދަމަހު އުމްރާއަށް ދާ މީހުންނަށް 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އަންގަވައިފި އެވެ.

ރައީސް މުއިއްޒު މިކަމަށް އެންގެވީ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގަ އެވެ.

އެ މަނިކުފާނު ވިދާޅުވީ މި އަހަރުގެ ރަމަޟާންމަހު އުމްރާއަށް ދާ ފަރާތް ތަކަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ އުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އަށް އަދި އެމްއެމްއޭ އަށް ދަންނަވާފައިވާނެ ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ރޯދަ މަހާ ދިމާކޮށް ވަރަށް ގިނަ އަދަދެއްގެ ދިވެހީން އުމްރާގެ އަޅުކަން އަދާ ކުރުމަށް ޓަކައި ސައޫދީ އަރަބިއްޔާ އަށް ދެއެވެ.

ހާއްސަކޮށް މި ފަހަކަށް އައިސް ރާއްޖެއިން އުމްރާއަށް ދާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

24 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy