ހެލްމެޓް އަޅައިގެން ސިނަމާލޭ ބުރިޖުގައި ބަޔަކު ސައިކަލް ދުއްވަނީ -- މިހާރު ފޮޓޯ
ހެލްމެޓް އެޅުން ލާޒިމު ނޫން ތަންތަނުގައި ހެލްމެޓް އަޅައިގެން ދުއްވާ މީހުން ހުއްޓުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނަނީ ހެލްމެޓް އެޅުން ގާނޫނު ތަކުން ލާޒިމްކޮށްފައި ނުވާ ސަރަހައްދު ތަކުގައި ކާކުކަން ވަންހަނާކޮށް ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭ ކަމާއި ހިދުމަތްދޭ ތަންތަނަށާއި ފިޔަފާރި ކުރާ ތަންތަނަށް ވަދެ، ހަދާކަން އަނެއްކާ ވެސް ފާހަގަ ކުރެވިފައި ކަމަށެވެ.
މީގެ އިތުރުން ގަވާއިދުގައި A1 އަދި A0 ގިންތީގެ އުޅަނދު ދުއްވާ އިރު، އުޅަނދު ދުއްވަން އިންނަ މީހާ އާއި އުޅަނދުގެ ފަހަތުގައި އިންނަ މީހާ ހެލްމެޓް އެޅުން ލާޒިމުކޮށްފައި ވަނީ 30 ކިލޯމީޓަރަށްވުރެ، ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކޮށްފައިވާ ސަރަހައްދު ތަކުގައި ކަމަށް ފުލުހުން ބުނެ އެވެ.
"ހެލްމެޓް އެޅުން ލާޒިމުކުރާ ސަރަހައްދުތައް ފިޔަވައި އެހެނިހެން ސަރަހައްދު ތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ، ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސް ކުރަމުން ގެންދާނެ ވާހަކަ އެންމެހާ ފަރާތް ތަކުގެ ސަމާލުކަމަށް ޓަކައި ދަންނަވަން،" އެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ މިއީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާން ވެއްޓެއް ގާއިމު ކުރުމުގެ ގޮތުން އަޅައި ފިޔަވަޅެއް ކަމަށެވެ.
ހެލްމެޓް އަޅައި ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން ތަންތަނަށް ވަދެ، ފައިސާ ފޭރުމާއި މާރާމާރީތައް ހިންގުމުގެ މައްސަލަތައް ހާއްސަކޮށް މާލެ ސަރަހައްދުގައި ގިނަ އެވެ.
މިކަން ބޮޑުވެގެން 2023 ވަނަ އަހަރުގެ ކުރީކޮޅު ފުލުހުން ވަނީ ހެލްމެޓް އެޅުން ލާޒިމް ނޫން ތަންތަނުގައި ހެލްމެޓް އަޅައި މީހުން ހުއްޓުވައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
ނަމަވެސް އެ އޮޕަރޭޝަނަށްފަހު ވެސް މި މައްސަލަ ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.
ފަހުން ފަހުން އައިސް ފުލުހުން މިކަމާ އަޅައިނުލާކަން ވެސް ފާހަގަ ކުރެވެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް