ހައުސް ޕްލާޒާ ގޭގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ހަރަކާތްތެރި ވަނީ
މިއަދު ހެނދުނު މ. ހައުސްޕްލާޒާ ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވައިގެން ދެ ގެއަކުން 55 މީހަކު ވަގުތީ ހިޔާއަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
އެންޑީއެމްއޭ އިން ބުނީ ހައުސް ޕްލާޒާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެއްލުން ތަކެއްވެފައިވާ ކަމަށެވެ.
އެހެންކަމުން އެކަން މަރާމާތު ކުރެވެންދެން އެ ދެ ގޭގެ 55 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށާއި މީގެ ތެރޭގައި 20 ބިދޭސީން ހިމެނޭ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މި އަލިފާނުގެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ ހެނދުނު 6:35 ހާއިރު އެވެ. އެ ހިދުމަތުން ކުރި މައްސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވުނީ ގާތްގަނޑަކަށް 07:47 ހާއިރު އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް