ރޯދަމަހަށް ހާއްސަކޮށްގެން އިސްލާމިކް މިނިސްޓްރީން ގިނަ ޕްރޮގުރާމްތަކެއް!

ރޯދަ މަހު އިސްލާމިކް މިނިސްޓްރީން ގިނަ ޕްރޮގްރާމްތަކެއް

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ރަމަޟާން މަހަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

އެގޮތުން މި އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވެ، އެ މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ދެ ޕްރޮގުރާމެއް ކުރިއަށް ގެންދާނެ އެވެ. އެއީމައިންޑްފުލް ރަމަޟާން ނަމުގައި ކުރިއަށް ގެންދެވޭ ވޯކްޝޮޕަކާއި، މަރުހަބާ ރަމަޟާންގެ ނަމުގައި ބާއްވާ ބޮޑު ދަރުހެވެ.

'މަރުހަބާ ރަމަޟާން' ދަރުހަކީ މާލެ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދަރުހެކެވެ.

މީގެ އިތުރުން ރަމަޟާން މަހުގެ ތެރޭގައި މާލޭގައި 8 އިހުޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، 7 ސިޓީ/ރަށެއްގައި މި އަހަރު އިހުޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

އިހުޔާ ފޯރަމް ބާއްވާނެ ސިޓީ/ރަށްތައް ކަނޑައަޅާފައި ވަނީ ކައުންސިލްތަކުން އެ ކަމަށް އެދި ހުށައެޅި ޕްރޮޕޯސަލް ވިލަރެސް ކުރުމަށްފަހުގައި އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތަކަށް ބަލައިގެން ކަމަށް މިނިސް ޓްރީން ބުންޏެވެ.

ސުކޫލް ދަރިވަރުންގެ މެދުގައި ރަމަޟާން މަހު ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދަރިވަރުންގެ 6 އިހުޔާ ފޯރަމެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރަމަޟާން މަހުގެ ކޮންމެ ހޮނިހިރު ދުވަހު މާލޭގައި އައުޓްރީޗް ޕްރޮގުރާމު ހިންގުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގުރާމުގައި ކުޑަކުދިން ޝައުޤުވެރިވާނެ ކުޅިވަރު ހަރަކާތްތަކާއި، ދީނީ ކައުންސެލިން ދިނުމާއި މުސްހަފް އަދި ދީނީ ފޮތް ހިމެނޭ ސްޓޯލްތައް ހެދުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް ރަމަޟާން މަހުގެ ކޮންމެ ދުވަހަކު އަސުރު ނަމާދަށްފަހު މާލެ ސަރަހައްދުގައި އަސްރު ދަރުސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އަހަރުގެ ރަމަޟާން މަހުވެސް އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން އާއްމުން ހޭލުންތެރި ކުރުމަށާއި، ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް ދީނީ ޕްރޮގުރާމުތައް މިނިސްޓްރީގެ މީސް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ގެނެސްދިނުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

އޭގެ ތެރޭގައި ފާއިތުވެދިޔަ އަހަރު ގެނެސްދެވުނު ބައެއް ޕްރޮގުރާމުތަކާއި މުޅިން އަލަށް ގެނެސްދޭން ފަށާ ޕްރޮގުރާމުތައް ވެސް ހިމެނެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy