ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން -- މިހާރު ފޮޓޯ
ހުޅުމާލޭގައި ކޯރާޑީއަކުން މީހަކަށް ހަމަލާ ދިން ދެ މީހަކު އަތުލައިގެންފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭ ބޯގަންވިލާ މަގުގެ ރެހެންދި ޓާފް ދަނޑުގެ ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ދެ މީހަކު ހަމަލާދީފައިވާ މައްސަލައެއް ރޭ 23:35 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅުވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ގދ، ފިއޯރީ، ހީނާމާގޭ، ރުސްތުމް އިބްރާހީމް، 25، އަދި ބ. ގޮއިދޫ، ފިނިފެންމާގެ، ސައިފްﷲ ފައިސަލް، 19، އެވެ.
މާރާމާރީގައި އަނިޔާވި މީހާ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ. އަދި މާރާމާރީގައި ހަމަލާ ދީނީ ކޯރާޑީއަކުން ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން އަތުލައިގަތީ ފިލައިގެން މާލެ ދަނިކޮށް ހައިވޭ މަތީންނެވެ.
އެ މީހާ ހުއްޓުވި ސަރަހައްދުން، މާރާމާރީ ހިންގަން ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ހަތިޔާރު، އަދި އަދި ވަޅިއެއްވެސް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެއެވެ.
މި މައްސަލަނ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް