ބައިއިލެކްޝަންގެ ގޮނޑިތައް ކާމިޔާބު ކުރި ޕީއެންސީގެ ކެންޑިޑޭޓުންނަށް ރައީސް ވަނީ މަރުހަބާ ދަންނަވާފަ
މިއަދުބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންގައި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ބޮޑު ކާމިޔާބީއެއް ހޯދާފައިވާއިރު، އެ ކެންޑިޑޭޓުންނަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް މިރޭ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ބައި-އިލެކްޝަން މިއަދު ބާއްވަން ކަނޑައެޅި 37 ގޮނޑީގެ ތެރެއިން އިންތިހާބަކާ ނުލައި 24 ގޮނޑި، އަދި އިންތިހާބުގައި ވާދަކޮށްގެން ނުވަ ގޮނޑިއާއެކު ޖުމުލަ 33 ގޮނޑި ޕީއެންސީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އެގޮތުން ބައި އިލެކްޝަންގައި އަތޮޅު ކައުންސިލް ރައީސްކަމުގެ އެއް ގޮނޑިއާއި ރަށު ކައުންސިލް ރައީސްކަމުގެ އެއް ގޮނޑިއާއި ރަށު ކައުންސިލް މެމްބަރުކަމުގެ ދެ ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 29 ގޮނޑި ޕީއެންސީން ވަނީ ކާމިޔާބުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ކާމިޔާބީ ލިބުމުގެ އުފަލުގައި މާތްﷲ ހަޒުރަތަށް ހަމްދުކޮށް، އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވައި، އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތް ކޮށްދެއްވި ފަރާތްތަކަށާއި އަދި ވޯޓުގައި ބައިވެރިވެވަޑައިގަތް ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވަން،" ރައީސްގެ ޕޯސްޓުގައިވެއެވެ.
މިއަދުގެ ވޯޓުލުން ކުރިއަށް ގެންދިޔައީ ދެ ރަށެއްގެ ބައި އިލެކްޝްންއާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ތަކަށް މެންބަރުން ހޮވުމަށެވެ.
މި ބައިއިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 12 ދާއިރާގެ ތެރެއިން ނުވަ ދާއިރާއެއްގެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީންނެވެ. އަދި އިދިކޮޅު އެމްޑީޕީން ދެ ގޮނޑި ނަގާފައިވާއިރު، އަނެއް ދެ ގޮނޑި ކާމިޔާބު ކުރީ އަމިއްލަ ގޮތުން ވާދަ ކުރި ކެންޑިޑޭޓުންނެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް