ބައި-އިލެކްޝަން: ވެރިކަން ކުރާ ޕީއެންސީން ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފި

ބައިއިލެކްޝަން ކުރިއަށް ދަނީ

މިއަދު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންގައި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފި އެވެ.

މިއަދުގެ ވޯޓުލުން ކުރިއަށް ގެންދިޔައީ ދެ ރަށެއްގެ ބައި އިލެކްޝްންއާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ތަކަށް މެންބަރުން ހޮވުމަށެވެ.

މި ބައިއިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 12 ދާއިރާގެ ތެރެއިން ނުވަ ދާއިރާއެއްގެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީންނެވެ. އަދި އިދިކޮޅު އެމްޑީޕީން ދެ ގޮނޑި ނަގާފައިވާއިރު، އަނެއް ދެ ގޮނޑި ކާމިޔާބު ކުރީ އަމިއްލަ ގޮތުން ވާދަ ކުރި ކެންޑިޑޭޓުންނެވެ.

ޕީއެންސީން ގޮނޑި ކާމިޔާބު ކުރި ކެންޑިޑޭޓުންނަކީ އާތިފާ މޫސާ، ނ. ލަންދޫ، އައިޝަތު އީޝާ އަދި ޒުލްފާ އާދަމް، ރ. އިންނަމާދޫ، ފަހީމާ އަބްދުﷲ، ހދ. ހިރިމަރަދޫ، އާމިނަތު އަފްރާހު، ލ. ގަން، ނަޖުވާ ފާރޫގު، ބ. ގޮއިދޫ، އާއިޝަތު އަމާނީ އަބްދުލް ހާދީ، ނ. ފޮއްދޫ، ރުގިއްޔާ ރަޒީނާ، ތ. ބުރުނި، އަދި އާމިނަތު ޝިފާނާ، ގއ. ކަނޑުހުޅުދޫ އެވެ.

ބައިއިލެކްޝްންގައި އެމްޑީޕީން ގޮނޑި ކާމިޔާބު ކުރީ ހަދީޖާ އިބްރާހިމް، އދ. ހަންޏާމީދޫ، އަދި އާމިނަތު އަތުމާ، ނ. މިލަދޫ އެވެ.

އަމިއްލަގޮތުން ކުރިމަތިލައިގެން ގޮނޑި ކާމިޔާބު ކުރީ އިބްރާހިމް މުޙައްމަދު، ހދ. މަކުނުދޫ ކައުންސިލް، އާއި ފާތިމަތު ރިސާލާ، ރ. ހުޅުދެލި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނިގޮތުގައި މިއަދުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 11،325 މީހުން ތިބިއިރު، މީގެ ތެރެއިން ވޯޓުލީ ޖުމުލަ 6،275 މީހުންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy