---
މަރާލާފައިވާ މީހުންނާއި، ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރަން ކުރީ ސަރުކާރުން އުފެއްދި ކޮމިޝަން އުވާލައިފި އެވެ.
މި ކޮމިޝަން އުވާލާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުންނެވެ. މި ކޮމިޝަން އުވާލި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
މަރު ކޮމިޝަނުން ވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލަ އަދި ކުރީގެ މަޖިލިސް މެމްބަރު ޑރ. އަފްރާޝިމް އަލީ މަރާލި މައްސަލަ ތަހުގީގު ކޮށްފަ އެވެ.
މަރު ކޮމިޝަން އުވާލިއިރު، އެ ކޮމިޝަނުން ވަނީ ތަހުގީގުކުރި މައްސަލަތަކުގައި އާއިލާތަކަށް އެނގެންޖެހޭ މުހިންމު މައުލޫމާތުތައް ހުރުމާއެކު ސިއްރުކުރަންޖެހޭ މުހިންމު މައުލޫމާތުތައް އުނިކުރުމަށްފަހު އެ ރިޕޯޓު އާއިލާތަކަށް ހިއްސާކުރުމަށް، ރައީސް މުއިއްޒަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. އަދި ތަހުގީގުގެ ބޭނުމަށް އެއްކުރި ހުރިހާ މައުލޫމާތަކާއި ތަކެތި ރައީސް އޮފީހާ ހިއްސާކުރަން ތައްޔާރުވަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.
މަރު ކޮމިޝަނުން 2019 ވަނަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ޓެރަރިސްޓު ޖަމާއަތަކާއި ގުޅުން އޮންނަ ބަޔަކު ރިލްވާން ވަގަށް ނަގައި ކަނޑުމައްޗަށް ގެންގޮސް މަރާލުމަށްފަހު ކަނޑުފައްތާފައިވާ ކަމަށް ބުނެފަ އެވެ. ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ 2014 އޮގަސްޓް 7 ވަނަ ދުވަހު އެވެ.
ރިލްވާންގެ މަރުގެ މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް އެ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވެފައެއް ނުވެއެވެ.
އަނިޔާވެރި ގޮތަކަށް ޔާމީން މަރާލާފައިވަނީ 2017 ވަނަ އަހަރު އެވެ. ޔާމީންގެ މަރާއި ގުޅިގެން ހަ މީހަކަށް ދައުވާކޮށްފައިވާއިރު އޭގެތެރެއިން ކުށް ސާބިތުވީ އެންމެ ދެ މީހެއްގެ މައްޗަށެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް